ބަޖެޓު ކޮމިޓީ އެކުލަވާލައިފި – މުގައްރިރަކަށް ފަޒާދު

ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރާނެ ކޮމިޓީ މިއަދު އެކުލަވާލައިފިއެވެ. އެ ކޮމިޓީ އެކުލަވައިލީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ސަބްކޮމ...

27 Oct 2024 | 08:25

ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރާނެ ކޮމިޓީ މިއަދު އެކުލަވާލައިފިއެވެ.

އެ ކޮމިޓީ އެކުލަވައިލީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ސަބްކޮމިޓީގެ ބައްދަލުވުމެއްގައެވެ.

މިއަދު އެކުލަވައިލި ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހަމަޖައްސާފައިވާއިރު ނައިބު މުގައްރިރަކަށް ހަމަޖައްސާފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ. އެ ބަޖެޓު ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް