ޣައްޒާގެ އުތުރުގައި ސަލާމަތުން، ކިރިޔާ ޚިދުމަތްދެވޭ ހާލަތުގައި ހުރި ކަމަލް އަދްވާން ހޮސްޕިޓަލުގެ ހާލަތު އިންތިހާދަރަޖައަށް ވައްޓާލުމަށްފަހު އަދި އެ ހޮސްޕިޓަލުގެ މެޑިކަލް ޓީމުގެ ބައެއް މެންބަރުންނާއި އާންމުންގެ ބައެއް މީހުން ހައްޔަރުކޮށްގެން ގެންދިއުމަށްފަހު އިސްރާއީލު ފައުޖުތަކުން އެ ހޮސްޕިޓަލު ދޫކޮށް ގޮސްފިއެވެ.
ކަމަލް އަދްވާން ހޮސްޕިޓަލަށް އިސްރާއީލުގެ ފައުޖުތަކުން ވަދެގަތީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ދޫކޮށް ދިޔައީ އެ ހޮސްޕިޓަލުގެ މެޑިކަލް ޓީމުގެ ތިރީހަކަށް މެންބަރުންނާއި ބައެއް ބަލިމީހުން ހައްޔަރުކޮށްގެން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ނިކުމެގެން ދިޔައިރު އެ ހޮސްޕިޓަލުގެ ބޭހުގެ ސްޓޮކަށާއި އައިސީޔޫތަކާއި ހޮސްޕިޓަލުގައި ބޭނުންކުރާ އާލާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ޣައްޒާގެ އުތުރު ބިތުގައި ސަލާމަތުން، ކިރިޔާވެސް ހިދުމަތްދެވޭ ހާލަތުގައި ހުރ ކަމަލް އަދްވާން ހޮސްޕިޓަލަކީ އެ ބިތުގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް އޮތް ހަމައެކަނި އުންމީދެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ އެންމެ ފަހުގެ އަދަދުތަކަށް ބަލައިލާއިރު އިއްޔެގެ ނިޔަލަށް ޣައްޒާއިން 42،847 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ ލައްކައިން މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް