މިރޭ އިޒްރޭލުން ހުއްޓުމެއްނެތި ވަރުގަދަ ބޮމުގެ ހަމަލާތަކެއްގެ ސަބަބުން ޢައްޒާގެ މުވާސަލާތީ ހުރިހާ ހިދުމަތެއް މެދުކެނޑި ޣައްޒާއާއި ދުނިޔެއާއި ގުޅުން ކެނޑިއްޖެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަދި ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އަދި މަންޒަރުތައް ދައްކާގޮތުގައި ޣައްޒާ ފެންނަނީ ގަދަ އަލިފާންގަނޑެއްގެ ތެރެއިންނެވެ. އެ ހަމަލާތަކުގެ ސަބަބުން އިންޓަނެޓާއި ފޯނު ގުޅުންކެނޑި އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކަށްވެސް ވަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ޓީމްތަކާއި ގުޅުން ކެނޑިފައެވެ.
ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތެއް ކަމުގައިވާ ރެޑް ކްރޮސެންޓުންވެސް ބުނެފައިވަނީ ޣައްޒާގެ އޮޕަރޭޝަންސް ރޫމާއި ގުޅުން އެއްކޮށް ކެނޑިފައިވާކަމަށާއި ޣައްޒާގެ ހާލަތު އެ ޓީމަށް މިހާރު ލިބެމުން ނުދާކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ހުރިހާ މުއާސަލާތީ ހިދުމަތްތަކެއް މެދުކެނޑޭވަރަށް އަދި ޣައްޒާގައި ގާއިމްވެތިބި މީޑިއާތަކާއި އިންސާނީ އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުގެ ގުޅުންތައް ކެނޑޭވަރަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް އިޒްރޭލުން ދީފައިމިވަނީ ހަނގުރާމައިގެ އިތުރު ޖަރީމާތަކެއް ހިންގުމަށާއި އަދި އެކަމަށް މަގުފަހި ކުރުމުގެ ނިޔަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް