ޣައްޒާގެ ބިމަށްވަދެ ދެވަނަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާނެކަމަށް އިޒްރޭލުން ބުނެފި

ޣައްޒާގެ ބިމަށް ފައުޖެއް ވަދެ ދެވަނަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާނެކަމަށް އިޒްރޭލުން ބުނެފިއެވެ. މިއީ 21 ދުވަސްވީ ހަނގުރާމައިގާއި ޣައްޒާގެ ބިމަށް އިޒްރޭލު ފައުޖެއް ބިމުގެ މަގުން ވަތްން ދެވަނަ ފ...

27 Oct 2023 | 10:51

ޣައްޒާގެ ބިމަށް ފައުޖެއް ވަދެ ދެވަނަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާނެކަމަށް އިޒްރޭލުން ބުނެފިއެވެ.

މިއީ 21 ދުވަސްވީ ހަނގުރާމައިގާއި ޣައްޒާގެ ބިމަށް އިޒްރޭލު ފައުޖެއް ބިމުގެ މަގުން ވަތްން ދެވަނަ ފަހަރެވެ. މި ފަހަރުވެސް އެ ބިމަށް ޓޭންކާއި އަސްކަރީ ބައެއް އުޅަނދުތައް ހިމެނޭ ފައުޖެއް ވަނީ މަތިން އެއާފޯސް އޮވެ އެ ފޯސްގެވެސް ހިމާޔަތާ އެކީގައެވެ.

އިޒްރޭލުން ބުނެފައިވަނީ އިއްޔެ ހަވީރެއްހާއިރު ވަދެފައި ފައުޖު އަނބުރާ އިޒްރޭލަށް އައީ ރޭގެ ވަގުތެއް ކަމަށާއި އެ އޮޕަރޭޝަންގައިވެސް ހަމާސްގެ ބައެއް ތަންތަނަށް ހަމަލާދިންކަމަށެވެ.

އިޒްރޭލު ފައުޖެއް ދެވަނަ ފަހަރަށް ޣައްޒާ ބިމަށް ވަދެފައިވާއިރު އިޒްރޭލުން ކުރިއަށްގެންދާ ހަނގުރާމައިގާ ދެން އޮންނާނީ ބިމުގެ މަގުން ޣައްޒާއަށް އެކުގައި ވަދެގަތުން ކަމުގައި އިޒްރޭލުން މީގެ ކުރީގައި ބުނެފައިވެއެވެ.

އިޒްރޭލުން ބުނަނީ މި ހަނގުރާމަ ކުރަނީ ހަމާސް ނައްތާލަން ކަމަށާއި އަދި އެއަށްފަހު އެމީހުން ބޭނުންވާ އެމީހުންގެ ބާރު ހިނގާ ސަރުކާރެއް ޣައްޒާގައި އެކުލަވާލާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް