ފަލަސްތީނު މަސްރަހުގައި ރާއްޖޭގެ ސްޓޭންޑް އަބަދުވެސް ވަރަށް ސާފު – ދިވެހީން ތިބޭނީ ފަލަސްތީނާއެކު: އިންތިހާބީ ރައީސް

ފަލަސްތީނު-އިޒްރޭލު މަސްރަހުގައި ރާއްޖޭގެ ސްޓޭންޑް އަބަދުވެސް ސާފު ކަމަށާއި ދިވެހީން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ...

27 Oct 2023 | 10:37

ފަލަސްތީނު-އިޒްރޭލު މަސްރަހުގައި ރާއްޖޭގެ ސްޓޭންޑް އަބަދުވެސް ސާފު ކަމަށާއި ދިވެހީން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ބޭރުގެ މީޑިއާއެއްކަމުގައިވާ ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި އިންތިހާބީ ރައީސް ވިދާޅުވީ ރާއްޖެއިން ތާއީދު ކުރަނީ 1967ގައި އޮތް ގޮތަށް ފަލަސްތީނުގެ ވެރިރަށަކީ އޫރުސަލީމްގެ ގޮތުގައި އޮވެ ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮތުން ކަމަށެވެ.

"އެ މަންޒިލަށް ފަލަސްތީނު ވާސިލުވުމުގައި ރާއްޖެއިން އެއްބާރުލުން ދޭނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް އިތުރަށް ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ރައްޔިތަކަށްވެސް ހައްގުތަކެއް ލިބިގެންވާކަމަށާއި ދިރިހުރުމުގެ ހައްގާއި ހަމަޖެހިގެން ދިރިއުޅުމުގެ ހައްގުގެ އިތުރުން އަސާސީ އިންސާނީ ހައްގުތަކަކީ ހަމަ ކޮންމެ ގައުމެއްގެ ކޮންމެ ރައްޔިތަކަށްމެ އޮންނަންޖެހޭ ހައްގުތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް