ކޮއެލިޝަން ނަހަދާކަށް ނެތިން: ރައީސް ޔާމީން

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ބަލިކުރެވޭނެ ގޮތަކީ ކޮއެލިޝަން ކަމުގައިވާނަމަ ކޮއެލިޝަންވެސް ހައްދަވާނެކަމުގައި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ނ. ވެލި...

27 Oct 2022 | 18:42

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ބަލިކުރެވޭނެ ގޮތަކީ ކޮއެލިޝަން ކަމުގައިވާނަމަ ކޮއެލިޝަންވެސް ހައްދަވާނެކަމުގައި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ނ. ވެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރިޔާސީ އިންތިހާބާ ހަމައަށް އަޅުގަނޑުމެން ދާއިރު، އެންމެ ޕާޓީއަށް މަސްލަހަތު އޮތް ގޮތަކީ، އަދި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް، އެމްޑީޕީގެ ކެނޑިޑޭޓް ބަލިކުރެވޭނެ ގޮތްތަކުގެ ތެރޭގަ، އެހެން ޕާޓީއާއެކީ އިއްތިހާދުވެގެން ކޮއެލިޝަން ހަދައިގެން     ނިކުންނަ ކަމަށްވަންޏާ، ކޮއެލިޝަން ނަހަދާކަށް ނެތިން" ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮއެލިޝަން ހައްދަވާނެކަމުގައި ވިދާޅުވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ ކޮއެލިޝަންހަދާ ޕާޓީތަކުގެ ތެރޭގަ ، އެމްޑީއޭގެ ޝައުގުވެރިކަން އޮތިއްޔާ، އެކަންވެސް ކަންސިޑާ ކުރައްވާނެކަމަށެވެ.

އެހެން ނަމަވެސް މިހާރު އެމްޑީއޭއާއި އެއްވެސް ގުޅުމެއް ނެތްކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. 2018 އިން ފެށިގެން އެ ގުޅުން ވަނީ ކެނޑިފައި ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް