މުފްތީ މެންކް ދިވެހިރާއްޖެ ގައި ދެއްވާ ލައިވް ލެކްޗަރ ސިލްސިލާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖޭގައި ދެއްވާ "މުފްތީ މެންކް އިން މޯލްޑިވްސް" ލެކްޗަރ ސީރީޒްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ. މުފްތީ މެންކް ރާއްޖެއަށް ވަޑައިގަންނަވާނީ އޮކ...

27 Oct 2022 | 18:17

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖޭގައި ދެއްވާ "މުފްތީ މެންކް އިން މޯލްޑިވްސް" ލެކްޗަރ ސީރީޒްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.

މުފްތީ މެންކް ރާއްޖެއަށް ވަޑައިގަންނަވާނީ އޮކްޓޫބަރު މަހުގެ 27 އިން 31 ނިޔަލަށެވެ. އަދި މި ދަތުރުފުޅުގައި މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުޅުމާލޭގައި ލައިވް ދަރުސްތަކެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މި ހުކުރު ދުވަހުގައި މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލްއައުޒަމްގައި ހުކުރު ޚުތުބާވެސް ދެއްވާނެއެވެ.

މިއީ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ. މީގެ ކުރިން އެބޭފުޅާ ވަނީ 2015, 2016 އަދި 2020 ވަނަ އަހަރުތަކުގައި މާލެ ސަރަހައްދާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީ ގައި ދީނީ ދަރުސް ދެއްވާފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގައި އިސްލާމީ ރިވެތި އަޚްލާޤު ކުރިއެރުވުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި އިނީޝިއޭޓިވްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުންދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް