ރަކުލް ޕްރީތު ސިންގް ރާއްޖޭގައި

ބޮލީވުޑް ބަތޮލާ، ރަކުލް ޕްރީތު ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެއެވެ. ރަކުލްގެ އިންސްޓަގްރާމް ސްޓޯރީއިން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ. އަތޮޅުގެ ފިނޮޅު މޯލްޑިވްސްގައެވެ...

27 Oct 2022 | 16:28

ބޮލީވުޑް ބަތޮލާ، ރަކުލް ޕްރީތު ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެއެވެ.

ރަކުލްގެ އިންސްޓަގްރާމް ސްޓޯރީއިން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ. އަތޮޅުގެ ފިނޮޅު މޯލްޑިވްސްގައެވެ. ބެލެވޭގޮތުގައި ރަކުލް ރާއްޖެ އައީ ރޭގެ ވަގުތެއްގައި ނޫނީ މިއަދުގެ ވަގުތެއްގައެވެ.

ރަކުލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ އެންމެ ފަހުން ކުޅުނު، "ތޭންކް ގޯޑް" ރިލީޒް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

އަޖޭ ދޭވްގަނާއި ސިއްދާތު މަލޯތުރާ އެކްޓްކޮށްފައިވާ "ތޭންކް ގޯޑް" އަށް ބޮކްސް އޮފީހުގައި އަދި މާ ބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އޭގެ ސަބަބަކީ ހަމަ އެއް ދުވަހެއްގައި އަކްޝޭ ކުމާރުގެ ރާމް ސެތޫ ރިލީޒްކުރުން ކަމުގައި ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރަކުލް ޕްރީތު ސިންގަކީ ދެކުނަށް ނިސްބަތްވާ ތަރިއެކެވެ. ނަމަވެސް މި ފަހުން ބޮލީވުޑްގެ ބޮޑެތި ގިނަ ފިލްމުތަކެއްވެސް ރަކުލް އަންނަނީ ކުޅެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް