ނަޕޮލީން ރޮނާލްޑޯ ބޭނުމެއް ނުވޭ

އިޓަލީގެ ނަޕޮލީން ރޮނާލްޑޯ ގެންދަން ޝައުގުވެރި ނުވާކަމަށް އެޓީމުގެ ޑިރެކްޓަރ ރޮނާލްޑޯ ގިއުންޓޯލީ ބުނެފިއެވެ. މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގާއި ރޮނާލްޑޯއާއި ދެމެދު އޮތް ގުޅުން ހީނަރުވެފަ...

27 Oct 2022 | 16:05

އިޓަލީގެ ނަޕޮލީން ރޮނާލްޑޯ ގެންދަން ޝައުގުވެރި ނުވާކަމަށް އެޓީމުގެ ޑިރެކްޓަރ ރޮނާލްޑޯ ގިއުންޓޯލީ ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގާއި ރޮނާލްޑޯއާއި ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި، އަންނަ ޖެނުއަރީ ޓްރާންސްފާގައި ކުލަބު ދޫކޮށްލަން ރޮނާލްޑޯ ވިސްނަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އަންނަ ޖެނުއަރީ ޓްރާންސްފާގައި ރޮނާޑޯ ގެންދިއުމަށް ޔުރަޕުގެ ބައެއް ކުލަބުތަކުން ޝައުވެރިވާ  ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު، އޭގެ ތެރޭގައި އިޓަލީގެ ނަޕޮލީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ، އާސެނަލް، ނިއުކާސަލް ފަދަ ކުލަބުތައް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. ނަމަވެސް ނަޕޮލީން މިވަނީ މީޑިއާގައި ފެތުރޭ ވާހަތައް ދޮގުކޮށް އެ ކުލަބުން ރޮނާލްޑޯ ގެންދިއުމަށް ޝައުގުވެރިކަން ނެތްކަން ހާމަކޮށްފައެވެ.

ރޭ ޗެމްޕިއަންސް ލީގުގައި ރޭންޖާސްއާއި ދެކޮޅަށް ކުޅެ 0-3 އިން ނަޕޮލީ މޮޅުވި މެޗަށް ފަހު އިޓަލީގެ ލައިވް ރޭޑިއޯއެއް ކަމުގައިވާ ޑީއޭޒެޑްއެންއާއި ވާހަކަ ދައްކަމުން ނަޕޮލީގެ ޑިރެކްޓަރ ރޮނާލްޑޯ ގިއުންޓޯލީ ބުނީ އަންނަ ޖެހުނަރީގައި ނަޕޮލީއަށް އެއްވެސް ކުޅުންތެރިއަކު ގެނައުމުގެ ވިސްނުމެއް ނެތްކަމަށާއި މިހާރު ކުލަބުގައި އޮތް ސިސްޓަމް އަށް އެއްވެސް ބަދަލެއް ގެންނަން ބޭނުން ނުވާކަމަށެވެ. އަދި ނަޕޮލީ މިވަގުތު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި އެހެން ކަމުން އިތުރު ކުޅުންތެރިއަކު ކުލަބަށް ގެންނަން ބޭނުން ނުވާކަމަށެވެ.

" ޖެނުއަރީ ޓްރާންސްފާގައި ކުލަބަށް އިތުރު ކުޅުންތެރިއަކު ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތް. ކުލަބު އޮތީ ރަނގަޅު ހާލަތެއްގައި، އެހެން ކަމުން މިހާރު މި އޮތް ސިސްޓަމަށް އެއްވެސް ބަދަލެއް ނުގެންނާނަން. އިތުރު ކުޅުންތެރިއަކު ބޭނުމެއް ނޫން." ޑީއޭޒެޑްއެންއާއި ވާހަކަ ދައްކަމުން ރޮނާލްޑޯ ގިއުންޓޯލީ ބުންޏެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަންނަ ޖެނުއަރީ ޓްރާންސްފާގައި ރޮނާލްޑޯއަށް ކުލަބެއް ހޯދުމުގެ މަސައްކަތް އޭނާގެ އެޖެންޓީ މެންޑޭސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އަންނަ ޖެނުއަރީގައި ރޮނާލްޑޯ ހޯދުމަށް އެއްވެސް ކުލަބަކުން މަސައްކަތް ކުރާނަމަ ނުވަތަ ހުށައެޅުމެއް ލިބިއްޖެ ނަމަ ޔުނައިޓެޑުން ވެސް އޮތީ ރޮނާލްޑޯ ހިލޭ ޓްރާންފާގައި ދޫކޮށްލުމަށް ތައްޔާރަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް