ދުނިޔޭގެ މަޝްހޫރު ބޫޓު ބްރޭންޑެއް ކަމަށްވާ "ސްކެޗާސް" ގެ އޮފީހަކުން ރެޕަރ ކަންޔޭ ވެސްޓް ބެރުކޮށްފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނި ގޮތުގައި ލޮސް އެންޖަލަސްގައި ހުރި ސްކެޗާސްގެ ކޯޕަރޭޓް އޮފީހަކުން ކަންޔޭ ބޭރު ކުރަން ޖެހުނީ އޭނާ އެތަނަށް އަންގާ ނުލައި ދިޔުމުންނާއި އެއްވެސް ދައުވަތެއް ނުލިބި ދިޔުމުންނެވެ.
ސްކެޗާސް އިން ބުނި ގޮތުގައި ކަންޔޭއާ އެކު މަސައްކަތް ކުރުމަށް އެމީހުން މިހާރު ބޭނުމެއް ނުވެއެވެ. އަދި މީގެ ކުރިން އޭނާއާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލަން ސްކެޗާސް އިން ނިންމީ، ޔަހޫދީންނާ ދެކޮޅަށް މީސް މީޑިއާގައި ކަންޔޭ ދެއްކި ވާހަކަތަކަކާ ގުޅިގެން ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
މިކަމާ ބެހޭގޮތުން ސްކެޗާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަޔަކާ އެކު ކަންޔޭ އެ އޮފީހަށް ދިޔަކަމަށާއި ހުއްދަ ނުހޯދާ އެ އޮފީހުގެ ބައެއް މަންޒަރުތައް ފިލްމު ކުރަން ވެސް ފެށިކަމަށެވެ.
ކަންޔޭއާ އެކު އެތަނަށް ދިޔަ މީހުން ވެސް އެ އޮފީހުން ބޭރު ކުރި ކަމަށާއި އެއްވެސް ކަމަކާ ގުޅޭގޮތުން ނަފްރަތު އުފެދޭފަދަ ވާހަކަ ފަތުރާ މީހަކަށް ސްކެޗާސް އިން އެއްބާރުލުން ނުދޭނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
ސްކެޗާސް އިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ، ކަންޔޭއާ އެކު އެންމެ ބޮޑަށް ޖެހުނު މައްސަލައަކީ އެ އޮފީހަށް އަބަދުވެސް އަންގާލުމެއް ނެތި އަދި ދައުވަތު ވެސް ނުދެނީސް ދާ ކަމެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ސްކެޗާސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް