ފަތުވާ މަޖިލިސް ވަޅުލާފަ ދީނީ އެއްބައިވަންތަކަމުގެ ވާހަކަ ދެއްކީމަ ދެކޮޅެއް ނުޖެހޭ: ޑރ. ޝަހީމް

ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ޤާއިމް ކުރުމަށްޓަކައި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އެއް އަސާސް ކަމުގައިވާ (ދައުލަތުގެ އިސްލާމީ ފަތުވާ ކައުންސިލް) ވަޅުލާފައި ބާއްވާފަ، ރާއްޖެ އިސްލާމ...

27 Oct 2022 | 12:42

ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ޤާއިމް ކުރުމަށްޓަކައި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އެއް އަސާސް ކަމުގައިވާ (ދައުލަތުގެ އިސްލާމީ ފަތުވާ ކައުންސިލް) ވަޅުލާފައި ބާއްވާފަ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަން އެއްވެ ދީނީ އެއްބައިވަންކަމުގެ ވާހަކަ ދެއްކުން ދެކޮޅު ނުޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އިސްލާމީ ފަތުވާ މަޖިލީހުގައި ތިއްބަވަނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަންކުރާ މެންބަރަކާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އިތުރު ތިން މެންބަރެކެވެ. އެގޮތުން 2015 ވަނަ އަހަރު އެކުލަވާލި މި މަޖިލިހާ ވަނީ ދީނީ މައްސަލަތަކުގައި ހާއްސަކޮށް ހިލާފު އުފެދޭ މައްސަލަތަކުގައި ފަތުވާ ނެރުމުގެ ޒިންމާ ހަވާލުކޮށްފައެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ކަމުގައި އުފައްދާފައިވާ ފަތުވާ މަޖިލީހަކީ ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި  އުފައްދާފައިވާ މަޖިލީހެކެވެ.

ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރު އައި ފަހުން ފަތުވާ މަޖިލީހަށް އައު މެންބަރުން އައްޔަނު ކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ދީނީ ބައެއް ޢިލްމުވެރިންނާއި ރައްޔިތުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް