ހުރަވީ ބިލްޑިންގް ހުރި ބިމުގައި ހަދަމުން އަންނަ ޕާކުގައި 226 ސައިކަލު ޕާކިން ޒޯނެއް ހަދަނީ

ކުރީގެ ހުރަވީ ބިލްޑިންގް ހުރި ބިމުގައި ހަދަމުން އަންނަ ޕާކުގައި 226 ސައިކަލު ޕާކިންގް ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ވެހިކަލް ޕާކް ކުރެވޭނެ ބޮޑު ގާޖައަކާ އެކު ފޫހިފިލުވައިލަން ގޮސް އިށީނދެލަ...

27 Oct 2022 | 12:41

ކުރީގެ ހުރަވީ ބިލްޑިންގް ހުރި ބިމުގައި ހަދަމުން އަންނަ ޕާކުގައި 226 ސައިކަލު ޕާކިންގް ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ވެހިކަލް ޕާކް ކުރެވޭނެ ބޮޑު ގާޖައަކާ އެކު ފޫހިފިލުވައިލަން ގޮސް އިށީނދެލައިގެން ތިބެވޭނެ ތަންތަން ވެސް ހުންނަ ގޮތަށް ޕްލޭނިންގް މިނިސްޓްރީން ހަދަމުން އަންނަ މި ޕާކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.

މި ޕާކުގެ މަސައްކަތް އެއްކޮށް ނިމި، އަންނަ މަހު ޕާކު ހުޅުވޭނެ ކަމަށް ކުރިން ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް މި ޕާކު ހުޅުވާނެ ތާރީޚެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުރަވީ ބިލްޑިންގް ހުރި ބިމުގައި ސައިކަލު ޕާކު ކުރަން ޒޯނެއް ހެދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި، އެގޮތުން ޕާކިންގް ޒޯން ކުރެހުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި އެތަނުގައި ޖުމްލަ 226 ސައިކަލު ޕާކު ކުރެވޭނެ ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

އާންމުންނަށް ވެސް ހިތް ފަސާހެކަމާއެކު ތިބެވޭނެ ގޮތަށް ހަދަމުންދާ މި ޕާކުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް