ފެންސީ ފުޑްސްއިން ރާއްޖެ އެތެރެކުރާ ޕްރީމާ "ކޮއްތުމީ" ނޫޑުލްސްގެ ސްޓޯލްއެއް "ޗަނާޗާ" ޝޯގައި

"މަނިކޭ މަގޭހިތޭ" ގެ ލަވައިން މަޝްހޫރުވި ސްރީލަންކާގެ ލަވަކިޔުންތެރިޔާ "ޔޮހާނީ" އަކީ އެންމެންގެ މަޤުބޫލުކަން ހޯދާފައިވާ ނޫޑުލްސް ބްރޭންޑް "ކޮއްތުމީ"ގެ ބްރޭންޑް އެންބެސެޑާރވެސްމެއެވެ. ޗަނާޗާ 2022 ޝޯގެ ...

27 Oct 2022 | 09:57

"މަނިކޭ މަގޭހިތޭ" ގެ ލަވައިން މަޝްހޫރުވި ސްރީލަންކާގެ ލަވަކިޔުންތެރިޔާ "ޔޮހާނީ" އަކީ އެންމެންގެ މަޤުބޫލުކަން ހޯދާފައިވާ ނޫޑުލްސް ބްރޭންޑް "ކޮއްތުމީ"ގެ ބްރޭންޑް އެންބެސެޑާރވެސްމެއެވެ.

ޗަނާޗާ 2022 ޝޯގެ މައި އެއް ސްޕޮންސާރއެއް ކަމަށްވާ ފެންސީ ފުޑްސްއިން ރާއްޖެ އެތެރެކުރަމުން އަންނަ "ކޮއްތުމީ" ނޫޑުލްގެ ސްޓޯލްއެއް ޗަނާޗާ 2022 ގައި ހުންނާނެއެވެ. މި ސްޓޯލްއިން ޝޯ ބައްލަވަން އަންނަ ފަރާތްތަކަށް "ހިލޭ" ކަޕް ނޫޑުލްސް ދިނުމުގެ އިތުރުން، ހެޔޮ އަގެއްގައި ނޫޑުލްސް ލިބެންވެސް ހުންނާނެއެވެ. ތަފާތު ޕްރޮމޯޝަން ހިމަނައިފައިވާ މި ކޮއްތުމީ ސްޓޯލްއަށް ވަޑައިގެން ހޭޝްޓެގް s#FancyFoods #Kottume  ޖައްސަވައި ސެލްފީ ސްޓޭންޑް ނުވަތަ ކޮއްތުމީއާއި ގުޅޭ ފޮޓޯއެއް ނަންގަވައި އިންސްޓަގްރަމްގައި ޝެއާރ ކޮށްގެން އަގުހުރި ގިފްޓް ޕެކް 15 ފަރާތަކަށް ލިބުމުގެ ފުރުސަތުވެސް ހުޅުވާލެވިފައި ވާނެއެވެ .

https://twitter.com/fancyfoodsmv/status/1585497944014233602

ޝޯގައި ކޮއްތުމީ ސްޓޯލް ހުޅުވިފައި ހުންނާނީ، ޝޯ ހިނގަމުންދާ ގަޑިތައް ކަމަށްވާ 29 އޮކްޓޯބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި އެރޭ 8:00 އިން 12:00އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް