ގދ. ތިނަދޫގައި މިރޭ ހަވާ އަރުވަން ހަަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ހަވާ އަރުވަން ނިންމާފައިވަނީ މިހާރު އެ ރަށުގައި ކުރިޔަށްދާ "13 ވަނަ އެސް.ޓީ.އޯ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022" ނިންމުމުގެ ރަސްމިއްޔާތުގައި އެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސްޓޭޑިއަމްގައި އެވެ. މި ރަސްމިއްޔާތު ފެށޭނީ މިރޭ 8:30 ގައި އެވެ.
ތިނަދޫ ކައުންސިލުން ބުނީ ހަވާ އަރުވާނީ ނިންމުމުގެ ރަސްމިއްޔާތަށް ފަހު ކަމަށެވެ.
އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި މިއަދު ކުރިޔަށް ދަނީ ފައިނަލް ބުރެވެ. މި މުބާރާތް އެ ރަށުގައި ފެށުނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
މީގެ ކުރިންވެސް ތިނަދޫގައި މި މުބާރާތް ބާއްވާފައި ވެއެވެ. އެންމެ ފަހުން ތިނަދޫގައި މި މުބާރާތް ބާއްވާފައި ވަނީ 2014 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް