މެލޭޝިއާގައި ބޭއްވި އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022 ގައި ބައިވެރިވި ޢާއިޝަތު ލީޝް އަޢްރަފް ގަދަ 10 ގައި ވާދަ ކޮށްފި އެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔައީ މިމަހުގެ 17 ން 22 އަށް މެލޭޝިއާގެ ކުއާލަލަންޕޫރުގައި އެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރީ ލީޝް އެކަންޏެވެ.
ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ބައިވެރިންތަކަކާއި އެކު ވާދަކޮށް ލީޝް ގަދަ 10 ގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި މުބާރާތުގައި ވާދަ ކުރުމަށް ފަހު ލީޝްް އިއްޔެ ވަނީ ރާއްޖެ އައިސްފައި އެވެ. ކަލާފާން ސްކޫލްގެ ލީޝް އާއި އެކު މި ދަތުރުގައި އާއިލާ ބައިވެރިވި އެވެ.
އޭނާއަށް ވީއައިއޭއިން މަރުހަބާކީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިސްވެރިންނެވެ.
ޤުރުއާނާއި ބެހޭ މަރުކަޒުން ދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދެމުންނެވެ. މީގެ ކުރިންވެސް މިފަދަ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ ދިވެހިން ވަނީ ރަނގަޅު ކާމިޔާބު ހޯދާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް