ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަޔަކްސް އަތުން މޮޅުވެ، ލިވަޕޫލް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ.
ރަށުން ބޭރުގައި އަޔެކްސް އާއި ދެކޮޅަށް ކުޅުނު މެޗު ޕިވަޕޫލުން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް 42 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ލިވަޕޫލުގެ ފަހު ދެލަނޑު ދެވަނަ ހާފުގައި ފެނިގެން ދިޔައިރު، ލިވަޕޫލުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ ޑާވިން ނުނޭސްއެވެ. އަދި ލިވަޕޫލުގެ ތިންވަނަ ލަނޑު ސަލާހު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އެލިއޮޓް އެވެ.
މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރު ޔަގީން ކުރެވެން އޮތް ލިވަޕޫލް ދެވަނަ ބުރަށް ދަތަުރުކުރީ ކުޅުނު ފަސް މެޗުން ހޯދި 12 ޕޮއިންޓާއި އެކުގައެވެ. އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދި ނަޕޯލީ އެވެ. ތިން ވަނައިގައި އޮތް އަޔަކްސް އަށް ވަނީ ފަސް މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ރޭންޖާސް ފަސް މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ. ރޭގެ މެޗުން ބަލިވުމުން އަޔެކްސް ވަނީ މުބާރާތުން ކަޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް