ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސެލޯނާ ކަޓައިފިއެވެ.
ބާސާ މުބާރާތުން ކެޓީ އިންޓަ މިލާނުން މިރޭ އަމިއްލަ ދަނޑުގައި ވިކްޓޯރިއާ ޕްލެޒެން 4-0 އިން ބަލިކުރުމުންނެވެ. މި މޮޅާއެކު އިންޓަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރިއިރު، އެޓީމަށް ވަނީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ލިބިފައެވެ.
މި ގްރޫޕްގެ އެއްވަނައިގައި ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކެވެ. ބަޔާން ވެސް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު ބާސާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގަ އެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޕްލެޒެން އެވެ.
ބާސާ އަށް ކުރިޔަށް އޮތް ދެ މެޗު ކާމިޔާބު ކުރި ނަމަވެސް އިންޓަ ފަހަތައް ޖައްސާލެވޭނެ އެއްގޮތެއްވެސް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް ބާސާ ދެން ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.
މިރޭ ޕްލެޒެން އާއި ދެކޮޅަށް އިންޓަ މިލާނުން ކުޅުނު މެޗު ކާމިޔާބު ކުރިއިރު، މި މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނި އެޑިން ޒެކޯ އާއި ހެންރިކް މިކިތާރިޔަން އަދި ރޮމެލޫ ލުކާކޫ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް