އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯހުގެ ބައިވެރިންނަށް ބެޖް ހަވާލުކޮށްފި

އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯހުގެ ދަރިވަރުންނަށް ސްޕެޝަލް ފޯސަސް ޝޯލްޑަރ ބެޖް އިއްޔެ ހަވާލުކޮށްދެއްވައިފިއެވެ. ސްޕެޝަލް ފޯސަސް ޝޯލްޑަރ ބެޖް ޙަވާލުކުރުމަށް އިއްޔެ ހެނދުނު އައްޑޫސިޓީ ...

27 Oct 2017 | 11:07

އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯހުގެ ދަރިވަރުންނަށް ސްޕެޝަލް ފޯސަސް ޝޯލްޑަރ ބެޖް އިއްޔެ ހަވާލުކޮށްދެއްވައިފިއެވެ.

ސްޕެޝަލް ފޯސަސް ޝޯލްޑަރ ބެޖް ޙަވާލުކުރުމަށް އިއްޔެ ހެނދުނު އައްޑޫސިޓީ ފޭދޫ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯސް ފުރިހަމަކުރި ފަރާތްތަކަށް ޝޯލްޑަރ ބެޖް، ޓެބް ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އޮނަރަބަލް އާދަމް ޝަރީފު ޢުމަރު އެވެ.

"މި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތަށް ފަހު، ތަމްރީނުތަކުގެ ބައެއް ހަރަކާތްތައް ވައިގެ މަގުންނާއި ކަނޑުމަގުން ސްޕެޝަލް ފޯސަސްގެ ސިފައިން ވަނީ ދައްކާލާފައެވެ." އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

އިއްޔެ ބޭއްވި މިރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި، އެމްއެންޑީއެފް މެރިންކޯގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު އާއި، އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ، ކާނަލް ޢަބްދުﷲ އިބްރާހީމް އާއި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިކަމުގައިވެސް  ސިފައިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް