އިސްރާއީލްގެ ބޮޑު ވަޒީރު އދ ގެ މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން ރާއްޖޭގެ ވަފްދު އެތަނުން ނިކުމެއްޖެ!

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔޫހާ އދ.ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރަން ފެށުމުން އެ ހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަން ދޫކޮށް ނިކުމެއްޖެއެެވެ. މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގ...

27 Sep 2024 | 18:02

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔޫހާ އދ.ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރަން ފެށުމުން އެ ހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަން ދޫކޮށް ނިކުމެއްޖެއެެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވަފްދު އެ ހޯލުން ނިކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ފަލަސްތީނާއިމެދު ގެންގުޅުއްވާ ޚާއްސަ ކަމާއި، ފަަލަސްތީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޚާއްސަ މަސައްކަތްޕުޅަށް އިހުތިރާމް ކުރެއްވެވުމުގެ ގޮތުން ކަމަށެވެ.

މީގެއިތުރުން ރައީސްގެ ތަރުޖަމާނު ވިދާޅުވީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ގޮތުން ކުރެވޭ މަސައްކަތްތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއިއެކު ދެމި އޮންނާނެ ކަމުގެ ކަށަވަރުކަން ދެއްވާފައި ކަމަށެވެ.

އދ. ގެ މަޖިލީހުގައި ތަގްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިިއްޔާ ވަނީ ފަލަަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޚާލަތު ބަދަލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިހެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ. އަދި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް