"އިންޑިއާ އައުޓް" ވިސްނުން އެއް އިރެއްގައިވެސް ނުގެންގުޅުއްވާ ކަމަށާއި، މައްސަލައަކަށް އަބަދުވެސް ވެފައި އޮތީ އިންޑިއާގެ މިލިޓަރީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގައި މެހެމާނެއްގެ ގޮތުގައި ރޭ އެ ޔުނިވާސިޓީއަށް ވަޑައިގަތުމުން ކުރިމަތި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެވެސް އިރެއްގައި "އިންޑިއާ އައުޓް" ވިސްނުން ނުގެންގުޅުވާ ކަމަށެވެ. ބޭރުގެ ސިފައިން ރާއްޖޭގައި ތިބބުމުން ސީރއަސް މައްސަލއެއް ރާއްޖެއަށް ކުރިމަތިވެފައި އޮތް ކަމުން އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ތިބުމާއި ދެކޮޅު ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކުރި ޑެޕިއުޓީ މިނިސްޓަރުންނަށް ފިޔަވަޅު އެޅުއްވި ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
އެ މައްސަލައިގައި ސަސްޕެންޝަންގައި ހުރީ ޔޫތު މިނިސްޓްރީގައި އޭރު ތިއްބެވި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދެއެވެ. އެގޮތުން މި މަހު ދިހަ ވަނަ ދުވަހު މަލްޝާ އަދި ޝިއުނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެެވެ. އެހެން ނަމަވެސް މަހްޒޫމް އަދި އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އެބޭފުޅުން ސަސްޕެންޝަންގައި ހުންނެވި ނަމަވެސް މަގާމުން ސަސްޕެންޑު ކޮށްފައިވަނީ މުސާރަ ހިނގާ ގޮތަށެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުން ދިޔައީ ސަރުކާރަށް އަމާޒުވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް