އދ ގައި ރައީީސް މުއިއްޒު ދައްކަވާ ވާހަކަތަކުން އެތާ ތިބޭ ޑިޕްލޮމެންޓުން އަޅުގަނޑުމެންނަށް މަލާމާތްކުރާނެ: ރައީސް ޔާމިން

އދ ފަދަ މަޖިލީސް ތަކަކީ އުސޫލުތަކެއް އޮންނަ ތަނެއް ކަމަށާއ ރައީސަކު ވަޑައިގެން މިވެނި ކަމެއް ކުރާނީ މިހެނެއް ނޫނޭ ވިދާޅުވެގެން އެތާ ތިބޭ ޑިޕްލޮމެންޓުން ދިވެހިންނަށް މަލާމަތް ކުރާނެ ކަމަށް ކުރީގެ ރައީސ...

27 Sep 2024 | 08:30

އދ ފަދަ މަޖިލީސް ތަކަކީ އުސޫލުތަކެއް އޮންނަ ތަނެއް ކަމަށާއ ރައީސަކު ވަޑައިގެން މިވެނި ކަމެއް ކުރާނީ މިހެނެއް ނޫނޭ ވިދާޅުވެގެން އެތާ ތިބޭ ޑިޕްލޮމެންޓުން ދިވެހިންނަށް މަލާމަތް ކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ޔާމިން މިހެން ވިދާޅުވީ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޕާޓީ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

މިފަދަ މަޖިލީސްތަކުގައި ގައުމުތަކުގެ ރައީސުން ވަޑައިންނަވައި ގައުމުތަކުގެ ހާލަތްތަކުގެ ވާހަކަތައް ދައްކަވާނެ ކަމަށާއި އެހެން ނަމަވެސް އދ ގެ އާއްމު މަޖިލީހަކީް ދުނިޔޭގެ ހުރި މައްސަލަތަށް ނަގައިގެން، އދ ކީއްވެތޯ ފެއިލް ވަނީ ނުވަތަ ކީއްްވެތޯ އދ ގެ ބަސްނުވިކިގެން މިއުޅެނީ، މިފަދަ މައުލޫތައް މަޝްވަރާ ކުރާ ތަނެއް  ކަމަށް ރައީސް ޔާމިން ވިދާޅުވެފައިވެެއެވެ.

"އދ އަކީ އެކުވެރި ދައުލަތްތައް، އެކުވެރި ދައުލަތް ތަކުން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މުޅި ދުނިޔޭގައި ސުލްހަ ގާއިމް ކުރަން ނުވަތަ ހަނގުރާމަ މަދުކުރުމަށް ކުރާ މަސައްކަތްތައް. އެއީ އދ އުފެދިފައި އޮތް ސަބަބަކީ" ރައީސް ޔާމިން ވިދާޅުވިއެވެ.

މިފަދަ މަޖިލީހަކަށް ގޮސް ވާހަކަ ދައްކަވާ އިރު އުސޫލު ތަކެއް ހުންނަ ކަމަށް ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.

އަދި މީގެއިތުރުން ، ރައީސުލްޖުމްހޫރިއްޔާ އދ ގައި ދެއްކެވި ވާހަކަތަކާއި ގޮވާލެއްވި ގޮވާލެއްވުން ތަކުން ނަތީޖާއެއް ނުނުކުންނާނެ ކަމަށް ވެސް ރައީސް ޔާމިން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ދިވެހިރާއްޖެއިން ބޭރަށް ގޮސް ޕޯޓްރޭ ކޮށްދޭން ޖެހެނީ މި. ގައުމުގެ ޝުއޫރަތު އަޅުގަނޑުމެން ޕޯޓްރެއިޓް ކޮށްދެނީ ކިހިނެއް ހެއްޔެވެ. އަޅުގަނޑުމެން މިތާ ތިބެގެން މިވެނި ކަމެއް ކުރާށޭ މިހެނެއް ނޫނޭ މިކަން އޮތީ ބުނީމަ އޭގެ މާނައަކީ އެތާ ތިބޭ ހަމަ ސީޒަން ޕޮލިޓިޝަނުން، ޑިޕްލޮމެންޓުން އަޅުގަނޑުމެންނަށް މަލާމަތް ކުރާނެ." ރައީސް ޔާމިން ޔާމިން ވިދާޅުވިއެވެ.

އަދި އެކަހަލަ ވާހަކަ ވާހަކަ ދައްކަނީ ކަންކަމަށް ނުކުޅެދޭތީ ކަމަށް ވެސް ރައީސް ޔާމިން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް