ސްޓެލްކޯއިން ވެމްކޯގެ ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ހޯދުމަށް އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ.
ވެމްކޯއިން އަލަށް ތާރަފްކުރި ޚިދުމަތް، ހޮބާއަށް އެމްޕީއެލްއިން ރަޖިސްޓާކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެއެވެ.
މި އެއްބަސްވުމުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސްޓެލްކޯގެ އިމާރާތްތަކާއި، ސްޓެލްކޯ ހިޔާ ދެ ޓަވަރު ފޮޅާއި ސާފު ކުރުމުގެ މަސައްކަތް ވެމްކޯއިން ކުރާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މި ޚިދުމަތަކީ ވެމްކޯއިން އަލަށް ފަށައިގަނެފައިވާ ޚިދުމަތަކަށް ވާއިރު، މި ޚިދުމަތް އަދި ދެނީ ސަރުކާރުގެ އޮފީސްތަކަށް ހާއްސަކަން ދީގެންނެވެ. އަދި އެ ޚިދުމަތަށް އެދޭ ފަރާތްތަށް އިތުރުވަމުންދާނަމަ ކުންފުނިން އިތުރަށް އެ ހިދުމަތް ފުޅާ ކުރާނެ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
މި ޚިދުމަތް ވެމަކޯއިން ދޭން ފަށާފައިވަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމަށް ފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް