މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

މާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މާލެ ޕޮލިސް ކޮމާންޑުން ޙާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަނުގެ މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާގެ...

27 Sep 2024 | 07:57

މާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މާލެ ޕޮލިސް ކޮމާންޑުން ޙާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނުގެ މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތަށް އިތުރަށް ހަރުދަނާކަމާއިއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުން ކަމުގައި ފުލުހުން ހާމަކޮށްފައި ވެއެވެ.

މި އޮޕަރޭޝަނުގައި މަގުތަކުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހާއްސަ އޮޮޕަރޭޝަން ފެށުމާއި އެކު މާލެ ޕޮލިސް ކޮމާންޑުގެ ހެޑާއި، ވިންގުތަކުގެ ވެރިންނާ އަދި މާލެ ޕޮލިސް ކޮމާންޑުގެ ހެޑާއި، ވިންގުތަކުގެ ވެރިންނާ އަދި މާލެ ޕޮލިހުގައި މަސައްކަތް ކުރާ އެންމެހައި އޮފިސަރުން މަގުމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް