ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކަކުލުހުޅު ބަދަލުކުރުމުގެ 1001 އޮޕަރޭޝަން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކަކުލުހުޅު ބަދަލުކުރުމުގެ 1001 ސަރޖަރީ ކާމިޔާބުކަމާއިއެކީ ކޮށްފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި، މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ކަށީގެ ބަލިތަކަށް ޙާއްސަ ޓީމ...

27 Sep 2024 | 06:53

ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކަކުލުހުޅު ބަދަލުކުރުމުގެ 1001 ސަރޖަރީ ކާމިޔާބުކަމާއިއެކީ ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި، މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ކަށީގެ ބަލިތަކަށް ޙާއްސަ ޓީމުން ފޯރުކޮށްދެމުންދާ ފަރުވާއަށް ލިބުނު ނުހަނު ބޮޑު ކުރިއެރުމެކެވެ. ރާއްޖޭގެ އެންމެ ސީނިއާ އޯތޯޕީޑިކް ކޮންސަލްޓަންޓް އަދި ޓްރޯމާގެ ހެޑް ސަރޖަން ޑރ. މުޙައްމަދު ޙަބީބްގެ އިސްނެންގެވުމުގެ މަތިން ސާޖަރީ ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.

"ޓޯޓަލް ނީ ރިޕްލޭސްމަންޓް" ނުވަތަ ކަކުލުހުޅު ބަދަލު ކުރުމުގެ ސާޖަރީ

ކަކުލު ހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އާންމު ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ފަރާތްތަކުގެ ހުޅު ބަދަލުކުރުމަށް ކުރެވޭ މި ޚާއްސަ ސާޖަރީއަށް އާންމުކޮށް ކިޔަނީ "ޓޯޓަލް ނީ ރިޕްލޭސްމަންޓް ނުވަތަ ޓީ.ކޭ.އާރު އެވެ. މި ސާޖަރީއަކީ ރާއްޖެބަލި ނުވަތަ ކަކުލަށް ބޮޑެތި އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރަށް ނުހަނު ހެޔޮ ބަދަލެއް ގެނެސްދޭ ސާޖަރީއެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުޅަދާނަ މެޑިކަލް ޕްރޮފެޝަނަލުންގެ ޓީމުގެ ހިއްސާ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުޅަދާނަ އަދި ތަޖުރިބާކާރު ކަށީގެ ޓީމްގެ އިތުރުން މި ސަރޖަރީތައް ކުރިޔައް ގެންދިއިމުގައި އޮޕަރޭޝަން ތިއޭޓަރ ޓީމުގެ ދަޢުރުވެސް ވަރަށް ބޮޑެވެ. ވަކިން ޙާއްސަކޮށް މިފަދަ ޕްރޮސީޖަރ ތަކުގައި ތަދު މެނޭޖްކުރުމަށް ޙަރަކާތްތެރިވާ ހޭނައްތާ ޑަކްޓަރުން ގެ ދަޢުރުވެސް ފާހަގަކުރަމެވެ.

ކަށީގެ ބަލިތަކަށް ޙާއްސަ ސާޖަރީ ޓީމު:

ޑރ. މުޙައްމަދު ޙަބީބު، ( ކަށީގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރ )

ޑރ. ޢަލީ މުޒްނީ، ( ކަށީގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރ)

ޑރ. މަރްޔަމް ޔޫމީ، ( ކަށީގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރ)

ޑރ. ޙުސައިން ފައިޞަލް، ( ކަށީގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރ)

ޑރ. އަޙްމަދު ޢާޒިމް ޢަބްދުއްޝަކޫރު، ( ކަށީގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރ)

ޑރ. އާމިނަތު ފިއުނާ، ( ހޭނައްތާ ޑޮކްޓަރ )

ޑރ. ބިޝްނު ރަވި ކޭސަވަން، ( ހޭނައްތާ ޑޮކްޓަރ )

ޑރ. ޒުލައިޚާ މާއީ، ( ހޭނައްތާ ޑޮކްޓަރ )

މި ކާމިޔާބީއަކީ ފެންވަރު ރަނގަޅު ކަށީގެ ފަރުވާ ފޯރުކޮށްދިނުމާއި ސަރޖިކަލް ޓެކްނިކްތައް ކުރިއެރުވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްއިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. ހޮސްޕިޓަލުގެ އެންމެ ޒަމާނީ ވަސީލަތްތަކާއި، ހުނަރުވެރި އަދި އޯގާތެރި ޓީމެއް އޮތުމުގެ ސަބަބުން، ބަލިމީހުންނަށް ލިބެންޖެހޭ އެންމެ ރަނގަޅު ފަރުވާ ލިބޭނެކަން ކަށަވަރުކޮށްދެއެވެ.

ސިއްޙީ ދާއިރާގައި އައު ކަންތައްތައް ތަޢާރަފުކުރުމުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަޒުމް

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ސިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ރައްޔިތުންގެ އަތުންދާ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޙިދުމަތްތަކާއި އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޟިއަލިސްޓުންނާއި ސިއްޙީ ދާއިރާގައި އެކި ނަން މަޟްހޫރު ދާއިރާތަކުން ޙާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޙިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ  ނުވަތަ[email protected]  އަށް އީމެއިލް ކުރެއްވުން ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް