ގަދަ ދެއްކި މީހަކު ބާރުގެ ބޭނުންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް

ބޮޑީ ޗެކު ކުރަން އުޅުމުން ގަދަދެއްކި މީހަކު، ބާރުގެ ބޭނުންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިފަދަ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކ. މާލެ، މ. ސަލާސާ، އު...

27 Sep 2024 | 06:43

ބޮޑީ ޗެކު ކުރަން އުޅުމުން ގަދަދެއްކި މީހަކު، ބާރުގެ ބޭނުންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިފަދަ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކ. މާލެ، މ. ސަލާސާ، އުމުރުން 31 އަހަރުގެ މޫސާ ފާޒިލެވެ.

ފުލުހުން ބުނެފައިވާގޮތުގައި އިއްޔެ މެންދުރުން އަނބުރާ 2:25 ހާއިރު ހުޅުމާލެ ހިޔާ ފްލެޓް ހަތަރެއް ކައިރިން ފާޒިލް ހިނގާފައިދަމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތިން ސެލޯފިންކޮޅު އެއްލާލިތަން އެ ސަރަހައްދު ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ފެނުމުން ހުއްޓުވައި ސުވާލުކޮށް ބޮޑީ ޗެކް ކުރަން އުޅުމުން ގަދަހަދައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް