ބިރުން ފިލާ ބަޔަކީ ޕީޕީއެމް ޕީއެންސީ ކަމުގައި އެމްޑީޕީއިން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެފައިވަނީ 2013 ރިޔާސީ އިންތިހާބު އެތައް ފަހަރަކު ލަސްކޮށް، 2017 ލޯކަލް ކައުންސިލް އިންތިހާބު ޕާޓީތެރޭގެ ކޯޅުމާހެދި ލަސްކޮށް، 2018 ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް ގޭންގުތައް ލައްވާ ހަމަނުޖެހުން އުފައްދާ، އީސީ ކުރިމަތީގައި މުޒާހަރާކޮށް އިންތިހާބު ލަސްކޮށް، ބިރުން ފިލާ އުޅެނީ ޕީޕީއެމް އަދި ޕީއެންސީ ކަމަށެވެ.
އެމްޑީޕީއިން މިހެން ބުނެފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކެމްޕޭނު ނުކުރައްވައި ރައީސް ސޯލިހް އުޅުއްވަނީ ނުހޮވޭނެތީ ބިރުން ކަމުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ދެވަނަ ބުރަށް ކެމްޕޭނު ފެށުނުތާ ގާތްގަނޑަކަށް 15 ދުވަސްވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ފުރަތަމަ ބުރުގެ ކެމްޕޭނާއި ހިލާފަށް ދެވަނަ ބުރުގެ ކެމްޕޭނުގައި ރަށްރަށަށް ދަތުރުކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ރޭގައި ރައީސް ސޯލިހް ވަނި އައްޑޫ ސިޓީއަށް އަދި މިއަދު ފުވައްމުލައް ސިޓީއަށް މިރޭ ތިނަދޫ ސިޓީއަށް ވަޑައިގެން ކެމްޕޭނު ޓީމުތަކާއި ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް