ނައިޓް މާކެޓް ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ނުދެވޭގޮތަށް އުސޫލު ބަދަލު ކޮށްފި

ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ނުދެވޭގޮތަށް އުސޫލު ބަދަލު ކޮށްފިއެވެ. އިކޮނިމިކް މިނިސްޓްރީން އާއްމުކުރި އިއުލާނެއްގައި ވަނީ، 2019 ވަނަ އަހަރުގެ ޖޫން މަހ...

27 Sep 2023 | 15:03

ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ނުދެވޭގޮތަށް އުސޫލު ބަދަލު ކޮށްފިއެވެ.

އިކޮނިމިކް މިނިސްޓްރީން އާއްމުކުރި އިއުލާނެއްގައި ވަނީ، 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އާއްމުކުރި 'ފެއަރ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުސޫލު'ށް ފުރަތަމަ އިސްލާހު ގެނެސްފައެވެ.

އެ އިސްލާހުގައި ވާގޮތުން، ފެރަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުންނެވެ. ކުރިން އެ ހުއްދަ ދޫކުރަނީ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށެވެ.

އާ އުސޫލުގައި ވާގޮތުން، ނައިތް މާކެޓް ބޭއްވުމަށް ހުއްދައަށް އެދޭތާ ފަސް ދުވަސް ތެރޭގައި މިނިސްޓްރީން ވަކި ޖަވާބެއް ދޭން ޖެހެއެވެ. ނަމަވެސް ކުރީގެ އުސޫލުގެ ދަށުން، މާކެޓް ބޭއްވުމުގެ 14 ދުވަސް ކުރިން ހުއްދައަށް އެދި ހުށަހަޅަން ޖެހެއެވެ.

ކުރީގެ އުސޫލުގައި ވާގޮތުން، އުސޫލާ ހިލާފު ވެއްޖެ ނަމަ، ނައިޓް މާކެޓް ބާއްވަން ދިން ހުއްދަ ބާތިލު ކުރުމުގެ ބާރު ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލަށް ލިބިގެންވެއެވެ. ނަމަވެސް މިހާރު ހުއްދަ ދެވޭނީވެސް އިކޮނޮމިކް މިނިސްޓްރީއަށް ކަމުގައި ވާތީ، އެ ހުއްދަ ބާތިލު ކުރުމުގެ ބާރުވެސް ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ކަމަށް އާ އިސްލާހުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް