ދެވަނަ ހާފުގައި ޓީމު ބަދަލުކުރުމަކީ އަމިއްލަ ބައި ގޯލަށް ގޯލު ޖެހުމަށްވުރެ ރަނގަޅު ގޮތެއް ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު މިހެން ވިދާޅުވީ އެކްސްގައި ކުރިއަށްދިޔަ ކޮންވަޒޭޝަނެއްގައި މީހަކު ކުރި ސުވާލަކަށް ދެއްވި މަޒާޖީ ރައްދެއްގައެވެ.
އެ ކޮންވަޒޭޝަން ފެށެނީ ކުރީގެ ނޫސްވެރިޔާ އަދި ޑރ. މުއިއްޒުގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެއްކަމުގައިވާ މަރިޔަމް ޝިއުނާ (ނަންނަ) ކުރި ސުވާލަކުންނެވެ.
ނަންނަގެ އެ ސުވާލުގައި އަހާފައިވަނީ އެންޓި ކެމްޕޭނު ކުރުމަކީ އިލެކްޝަންސްގެ ގަވާއިދުގައި މަނާކަމެއްތޯ ނޫންތޯ ސާފުވާންޖެހޭ ކަމަށެވެ.
"ނޫނީ އެއީ އެމްޑީޕީއަށް ހުޅުވާލާފަ އޮތް ފުރުސަތެއްތަ؟" އިލެކްޝަންސް އާއި އެ ކޮމިޝަންގެ ނައިބުރައީސް ޓެގްކޮށް ނަންނަ ސުވާލުކޮށްފައިވެއެވެ.
އެ ސުވާލަށް ފުއާދު ދެއްވި ސީދާ ޖަވާބަކީ އެންޓި ކެމްޕޭނު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
އެއަށްފަހު ފުރަތަމަ ހާފުގައި ކުޅުނު ޓީމު ނޫން އަނެއް ޓީމަށް ދެވަނަ ހާފުގައި ކުޅެވިދާނެތޯ މީހަކު އަހާފައިވެއެވެ. އެ ސުވާލަށް ދެއްވި މަޒާޖީ ޖަވާބުގައި ފުއާދު ވިދާޅުވީ އަމިއްލަ ބައި ގޯލަށް ލަނޑު ޖެހުމަކަށްވުރެ ގޯހެއް ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް