ސޯޝަލް މީޑިއާ ހެކްކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުން ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކުން ސަމާލުވުމަށް ފުލުހުން އިލްތިސާމްކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ކުށްކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކި...

27 Sep 2023 | 11:32

ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުން ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކުން ސަމާލުވުމަށް ފުލުހުން އިލްތިސާމްކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ކުށްކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ހެކްކޮށް، ގާތޮ ރަހުމަތްތެރިންނަށް ހެދިގެން ނުވަތަ އާއިލާއިން އާންމުކޮށް ގުޅާ ނޫޅޭ މީހުންގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން އެމީހުންގެ ނަމުގައި މެސެޖްކޮށް، ފައިސާއަށް އެދެމުންދެއެވެ.

https://twitter.com/PoliceMv/status/1706983510131818723

އަދި މިފަދަ ސްކޭމުތަކުގައި ސައްހަ ނޫން ޓްރާންސްޕަރ ސްލިޕް ފޮނުވާކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެގޮތުން މި ސްކޭމްތަކަށް ނުހެއްލި ސައްހަ މައުލޫމާތެއްތޯ ރަހުމަތެތްތެރިންނާއި އާއިލާ މީހުންގެ ކައިރިން ޔަގީންކުރެއްވުމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް