މިއަދާއި މާދަމާވެސް އައިޑީ ކާޑު ދޫކުރަމުންދާނެ: ޑީއެންއާރު

ސަރުކާރު ބަންދު ނަމަވެސް މިއަދާއި މާދަމާވެސް އައިޑީ ކާޑުތައް ދޫކުރަމުންދާނެކަމުގައި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ. ޑީއެންއާރުން މިހެން ބުނެފައިވަނި އިއްޔެ ކޮށް...

27 Sep 2023 | 11:19

ސަރުކާރު ބަންދު ނަމަވެސް މިއަދާއި މާދަމާވެސް އައިޑީ ކާޑުތައް ދޫކުރަމުންދާނެކަމުގައި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.

ޑީއެންއާރުން މިހެން ބުނެފައިވަނި އިއްޔެ ކޮށްފައިވާ އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ބޭނުންވާ 18 އަހަރުން މަތީގެ ދިވެހިރައްޔިތުންގެ އައިޑެންޓިޓީ ކާޑުތައް ހަވާލުކުރުމަށް، މިއަދާއި މާދަމާ ހެނދުނު 10 އިން ހަވީރު ހަތަރަކަށް މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދަން ނިންމާފައިވާއިރު އެ ދުވަހާއި ހަމައަށް އަލަށް 408 މީހަކަށް 18 އަހަރު ފުރިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބާއި ދިމާކޮށް ކާޑު ގަނެ ވިއްކުމުގެ މައްސަަލައަކީ ބޮޑު މައްސަލައެއް ކަމުގައި ސޯޝަލް މީޑިއާގައި މީހުން ފާހަގަކުރަމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް