ތައުލީމީ، ތަހުޒީބީ މި ޒަމާނުގައި ފަހުވަގުތު ފަށާ ޕްރޮޖެކްޓްތަކާއި ވައުދުތަކުން ދިވެހިން ގުނބޯ ނުހެއްދޭނެކަމުގައި ޑރ. އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ޑރ. އިރުތިޝާމް މިހެން ވިދާޅުވީ ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވި ހަބަރު ސޯޝަލް މީޑިއާގައި ޝެއަރކުރައްވަމުން ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ޑރ. އިރުތިޝާމް ވިދާޅުވެފައިވަނީ އައު ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމާއި ފެށުމަކީ އިންތިހާބަށް މިހާ ގާތްވެފައިވާ ވަގުތެއްގައި ކުރުން، ބަލައިގަނެވޭނެ އަދި އާއްމު އުސޫލާ ހިލާފުވެސް ކަންކަން ކަމަށެވެ.
"ތައުލީމީ ތަހުޒީބީ މި ޒަމާނުގައި މިހާރު ދިވެހިން ގުނބޯ ނުހެއްދޭނެ" ޑރ. އިރުތިޝާމް ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ކަމާއި ބެހޭ އިދާރާތަކުން މިފަދަ ކަންކަން ބަލާނެކަމުގައި އުންމީދުކުރައްވާ ކަމަށެވެ.
ޑރ. އިރުތިޝާމް ވަނީ ރައީސް ޔާމީންގެ ދައުރުގައި ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން ކުރައްވާފައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ތާއީދުކުރެއްވިނަމަވެސް ދެވަނަ ބުރަށް އިރުތިޝާމް ވަނީ ޑރ. މުއިއްޒު އެންޑޯޒްކުރައްވައި މުއިއްޒުގެ ކެމްޕޭނު ހަރަކާތްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް