ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ އަނދަމުން ދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެގެން ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރި ވަމުން ދާކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޯވެ އަނދަމުން ދަނީ "ވާލިޔާ 7" ނަމަކަށް ކިޔާ ދޯންޏެއްގައެވެ.
އެމްއެންޑީއެފްއިން ބުނީ، އެ ދޯނި މިހާރު ފަޅުން ނެރެފައިވާ ކަމަށެވެ. އަދި އޭގައި ތިބި މީހުންނަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަސް އެމްއެންޑީއެފްއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް