ފަހު ހާފުގައި އިދިކޮޅަށް ނާރާނެކަމަށްބުނެ ފުރަހަނި އެމްޑީއޭއިން އިސްތިއުފާ ދީފި

ފަހު ހާފުގައި އިދިކޮޅު ޓީމަށް ނާރާނެކަމަށް ބުނެ ޝުއައިބު އަލީ (ފުރަހަނި) އެމްޑީއޭއިން އިސްތިއުފާ ދީފިއެވެ. މިކަން ހާމަކޮށް އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަކީ ފިނޑިއެއް ނޫން...

26 Sep 2023 | 22:18

ފަހު ހާފުގައި އިދިކޮޅު ޓީމަށް ނާރާނެކަމަށް ބުނެ ޝުއައިބު އަލީ (ފުރަހަނި) އެމްޑީއޭއިން އިސްތިއުފާ ދީފިއެވެ.

މިކަން ހާމަކޮށް އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަކީ ފިނޑިއެއް ނޫން ކަމަށާއި މެޗުގެ ފަހު ހާފުގައި އިދިކޮޅު ޓީމަށް ނާރާނެ ކަމަށެވެ. އަދި މެޗު ނިންމާނީ މޮޅުވެގެން ކަމަށެވެ.

" ދެވަނަ ބުރުގައި ވޯޓުލާން 72 ގަޑިއިރަށް ވެފައި ވަނިކޮށް، ރައީސް އިބޫ އާއެކު އެމްޑީއޭއިން ހެދި ކޯލިޝަން މިރޭ ރޫޅާލުމަށްފަހު، މުޢީޒާއެކު ކޯލިޝަން ހަދަން އެމްޑީއޭ ނިންމި ނިންމުމުގެ ސަބަބުން އަޅުގަނޑު އެމްޑީއޭ އިން އިސްތިޢުފާ ދީފިން" އޭނާ ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ރައީސް އިބޫ ދެވަނަ ބުރުގައި މުއިއްޒުގެ މައްޗަށް ކުރި ހޯއްދަވާނެކަމަށާއި ރައީސް އިބޫއަށް މި އިންތިހާބު ކާމިޔާބުކޮށްދިނުމަށްޓަކައި ސާބިތުކަމާއެކު ވަރުގަދަ އަޒުމްގައި ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ.

"ގައުމަށް ލޯތްބެއް ކުލުނެއް ހުރި އެއްވެސް މީހަކު، އަނިޔާވެރިކަން އިއާދަވުމަށް ނޭދޭނެ" އޭނާ ބުނެފައިވެއެވެ.

އެމްޑީއޭއިން މިރޭ ނިންމާފައިވަނީ އިއްތިހާދު ރޫޅާލައި ޑރ. މުއިއްޒަށް ތާއީދު ކުރުމަށެވެ. އެހެންނަމަވެސް އެ އިއްތިހާދުގެ އަނެއް ބައިވެރިޔާ، އަދާލަތުން ވަނީ ސާބިތު ކަމާއެކު ރައީސް ސޯލިހާއެކު ތިބޭނެކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް