ސާބިތު ކަމާއެކު ރައީސް ސޯލިހާއެކު ތިބޭނަން: އަދާލަތު

ސާބިތު ކަމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ތިބޭނެކަމުގެ ޔަގީންކަން އަދާލަތު ޕާޓީން އަރުވައިފިއެވެ. އެ ޕާޓީން މި ޔަގީންކަން އަރުވާފައިވަނީ އެ ޕާޓީގެ ރަސްމީ އެކްސް ހޭންޑަލުން ކުރި ޕޯސްޓެއްގ...

26 Sep 2023 | 21:53

ސާބިތު ކަމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ތިބޭނެކަމުގެ ޔަގީންކަން އަދާލަތު ޕާޓީން އަރުވައިފިއެވެ.

އެ ޕާޓީން މި ޔަގީންކަން އަރުވާފައިވަނީ އެ ޕާޓީގެ ރަސްމީ އެކްސް ހޭންޑަލުން ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ބުނެފައިވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރުންމަތީ ޢަދާލަތު ޕާޓީއިން ސާބިތުކަމާއެކީ ދެމިއޮތް ވާހަކަ ދަންނަވާކަމަށެވެ.

މި އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީއާއި ރައީސް ޞާލިޙަށް ތާޢީދުކުރައްވާ އެންމެހާ ފަރާތްތަކާއެކުގައި އެ ޕާޓީން ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އަދާލަތުން މިކަން ހާމަކޮށްފައިމިވަނީ މިރޭ އެމްޑީއޭއިން ރައީސް ސޯލިހަށް ކުރި ތާއީދު އަނބުރާ ގެންގޮސް ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމުމުން އަދާލަތުންވެސް އެފަދަ ނިންމުމެއް ނިންމަފާނެކަމަށްބުނެ ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ދެކެވެމުން އަންނަ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް