ފްލެޓް ލިސްޓް ފައިނަލްކޮށް ޝަކުވާއަށް ހުޅުވާލައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ލިސްޓު ފައިނަލްކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ. އެގޮތުން ހައުސިން މިނިސްޓްރީން މިރޭ ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދު...

26 Sep 2023 | 19:43

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ލިސްޓު ފައިނަލްކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.

އެގޮތުން ހައުސިން މިނިސްޓްރީން މިރޭ ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެ މިނިސްޓްރީން އިޢުލާންކުރި ވަގުތީ ލިސްޓްގައިވާ ޝަރުޠު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކާއި އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން، ހުށަހެޅުއްވި ޝަކުވާތައް މި މިނިސްޓްރީން ބެލުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކަށް ފްލެޓް ލިބޭކަން މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެކަމަށެވެ.

އަދި ޝަރުޠު ހަމަނުވާ ފަރާތްތަކަށްވެސް ޝަރުޠު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ވާނީ ޖަވާބު ދެވިފައި ކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ  ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އިތުރު ޝަކުވާއެއް އޮތްނަމަ މިއަދުން ފެށިގެން ކުރިޔަށްއޮތް ހަތް ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް