ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޏ. ފުވައްމުލަކަށް ވަޑައިގެންނެވުމުން، އިދިކޮޅި ޕާޓީގެ ކުލައިގެ މާޗައްޗެއް އަޅުވައިފިއެވެ.
މުއިއްޒު ފުވައްމުލަކަށް ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ. މުއިއްޒު އެރަށަށް އެރުމާއެކު އެންމެ ފުރަތަމަ ކަރުގައި އަޅުވާފައި ވަނީ ރީނދޫ މާފައްޗެކެވެ. އޭގެފަހުން ފިޔާތޮށި ކުލައިގެން މާފަތިވެސް އަޅުވާފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކެމްޕޭން ކުރައްވަން މުއިއްޒުއަށް ލިބިވަޑައިގެންނެވި މަހެއްހާ ދުވަސް ތެރޭގައި ދަތުރު ކުރެވުނީ މަދު އަތޮޅަކަށެވެ. ކެމްޕޭން ކުރައްވަން މުއިއްޒުއަސް މަދު ދުވަސް ލިބިވަޑާއިގެންނެވީ، އިންތިހާބުގައި ވާދަ ކުރައްވަން ފަހު ވަގުތު ނިންމެވުމާ ގުޅިގެންނެވެ.
މުއިއްޒު އިންތިހާބަށް ކުރިމަތިލެއްވީ، ޕީޕިއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެކަން ޔަގީން ވުމުންނެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ދިއުމާއެކު މުއިއްޒު އަވަސްވެގަތީ ވީހާވެސް ގިނަ ރަށްރަށަށް ދަތުރު ކުރުމަށެވެ. އެގޮތުން މިވަގުތު މުއިއްޒު ހުންނެވީ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް