އާރްޓީއެލް ފެރީގައި ރައީސްގެ ފުރަތަމަ ދަތުރުފުޅު އުތީމުން ދިއްދުއަށް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ފަހަރަށް ދަތުރުކުރައްވައިފިއެވެ. އެގޮތުން ރައީސް ވަނީ އާރްޓީއެލް ފެރީގައި މިއަދު ހއ. އުތީމުން އެ އަތޮޅު ދި...

27 Sep 2022 | 17:11

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ފަހަރަށް ދަތުރުކުރައްވައިފިއެވެ. އެގޮތުން ރައީސް ވަނީ އާރްޓީއެލް ފެރީގައި މިއަދު ހއ. އުތީމުން އެ އަތޮޅު ދިއްދުއަށް ދަތުރުކުރައްވާފައެވެ.

ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ އެ ދަތުރުފުޅުގައި ރައީސް ދިއްދުއަށް އެ ވަޑައިގެންނެވީ ޒޯން އެކެއްގައި އާރްޓީއެލް ފެރީ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ގައުމީ ފެރީ ނިޒާމު، އާރްޓީއެލް އަކީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ސަރުކާރުން ފައްޓަވާފައިވާ ބޮޑު މަސްރޫއެކެވެ. ބޮޑު ބިޔަ މި މަޝްރޫއު ކުރިއަށްގެންދަނީ އެމްޓީސީސީއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް