ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓްލޭޑީ ލޯމާ ރާޖަޕްކްޝްޔަ އަށް ބިރު ދައްކައިގެން ފޭރެން އުޅުނު މީހަކު ލަންކާއިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ބޯކޮށާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ތަކުރާރުކޮށް ލޯމާއަށް ފޯނުން ގުޅައި، އެއް މިލިޔަން ލަންކާ ރުޕީސް ނުދީފިނަމަ ރާޖަޕަކްޝްޔަ ގެ ގެއަށް ސުނާމީއެއް އަރުވާލާނެކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައިވާ މައްސަލައެއްގައެވެ.
އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އޭނާ ވަނީ ދެ ދުވަހުގެ ތެރޭގައި 22 ފަހަރަށް ލޯމާއަށް ގުޅައިގެން ފޯނުން ބިރު ދައްކާ އިންޒާރު ދީފައިކަމަށް ލަންކާ މީޑިއާގައި އިއްޔެ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް