ގައުމިއްޔަތަކީ އިމްޕޯޓް ކުރެވޭނެ އެއްޗެއް ނޫން: ރައީސް ސޯލިހް

ބޭނުންވާ އެއްޗެއް އެތެރެކުރެވިދާނެކަމަށާއި ނަމަވެސް ގައުމިއްޔަތަކީ އިމްޕޯޓް ކުރެވޭނެ އެއްޗެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާ...

27 Sep 2022 | 06:40

ބޭނުންވާ އެއްޗެއް އެތެރެކުރެވިދާނެކަމަށާއި ނަމަވެސް ގައުމިއްޔަތަކީ އިމްޕޯޓް ކުރެވޭނެ އެއްޗެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ބޮޑުތަކުރުފާނަކީ އުތީމުގެ އުނގުން އުފަންކުރި އެންމެ އަގުހުރި ދިވެހި ޖައުހަރު ކަމަށާއި ރަށަކުން، އަތޮޅަކުން ދޭނެ އެންމެ ބޮޑު ހަދިޔާ ރާއްޖެއަށް ދިނީ އުތީމު ފަސްގަނޑުން ކަމަށެވެ.

"ބޮޑުތަކުރުފާނުގެ އެންމެ މުހިންމު ގުރުބާނީއަކީ ގައުމިއްޔަތު ދިފާއު ކޮށްދެއްވުން" ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވިގޮތުގައި ދިވެހިންނަކީ އަސްލާ ނަސްލުން އެއްބައެއް ކަމަށާއި ދިވެހިރާއްޖެއަކީ އިސްލާމް ދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ގައުމެއް ކަމަށެވެ.

"އާދަޔާ ބަހުރުވަ އެކައްޗެއް، އެކަކަށްޖެހޭ ބޮޑުކަމެއްގައި އަނެކަކު ހިއްސާވާ ގައުމެއް، އެއް ބަދިގޭ ތެލީގެ ފުލުގައި އުނދުޅިން ޖެހޭ އަޑު އިވިއްޖެނަމަ އަނެއް ބަދިގެއިން ކާތަކެތި ގެނެސްދޭ ބައެއް" ރައީސް ވިދާޅުވިއެވެ.

ގައުމިއްޔަތަކީ ގައުމުދެކެ ވާ ލޯބި ކަމަށާއި ބޮޑުތަކުރުފާނުގެ މުޅި ހަޔާތްޕުޅުން ފެނުނު އެންމެ ބޮޑު ސިފަޔަކީ ގައުމިއްޔަތަށް އޮތް ލޯބި ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް