ލަންކާ ކޮޅަށް ޖެހުމުގެ މަސައްކަތްޕުޅައިގެން ރައީސް ނަޝީދު ލަންކާއަށް

ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމާއި ގުޅޭގޮތުން ބައްދަލުވުމަކަށް ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާއަށް ފުރާވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ވާ...

27 Sep 2022 | 04:08

ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމާއި ގުޅޭގޮތުން ބައްދަލުވުމަކަށް ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ވާހަކަ ހިއްސާކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ސްރީލަންކާގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، ސީވީއެފް އަދި ސްރީލަންކާ މިޝަންގެ ބައްދަލުވުމަށް ސްރީލަންކާއަށް އެ މަނިކުފާނު ފުރާވަޑައިގެންފައިވާކަމަށެވެ.

މި މަސައްކަތްފުޅު ކުރެއްވުމަށް މި ފަހުން ރައީސް ނަޝީދު ލަންކާއަށް ދެތިން ފަހަރެއްގެ މަތިން ވަޑައިގެން ލަންކާގައި ހުންނަވައިގެންވެސް ލަންކާއަށް އެހެން ގައުމުތަކުގެ އަދި ބައިނަލްއަގްވާމީ މާލީ ޖަމިއްޔާތަކުގެ އެހީ ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް