މާލޭގައި ވީލް ޗެއަރ ބޭނުންކުރާ ފަރާތްތަކަށް ހުރި އުނދަގޫތައް ދެނެގަތުމަށް އެޗްއާރްސީއެމް އިން ި ސާރވޭއެއް ކޮށްފި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން މާލެސިޓީގައި ކުރު ސާރވޭއެއް ކޮށްފި އެވެ.
އެ ކޮމިޝަނުން އިސްނަންގަވައިގެން މިދިޔަ ހަފްތާގެ ތެރޭގައި ކުރި މި ދިރާސާއަކީ މާލޭ ސިޓީގެ މަގުތަކާއި އިމާރާތްތައް ހަދާފައިވަނީ ވީލްޗެއަރ ބޭނުންކުރަންޖެހޭ ފަރާތްތްކަށް ވަދެ ނިކުމެވޭ ގޮތަށްތޯ ބެލުމަށްޓަކައި ކުރި ދިރާސާ ސާރވޭ އެކެވެ.
މިދިރާސާގެ މައިގަނޑު އެއްބޭނުމަކީ މުޖުތަމަޢުގައި ކަންކަން ރޭވިފައި ހުރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ޚިދުމަތް ލިބިގަނެވޭނޭފަދަ ގޮތަކަށް ތޯބެލުމެވެ. އަދި ކުރިޔަށް އޮތްތާގައި ޢިމާރާތް ތަކާ އާންމުން ޙިދުމަތް ލިބިގަންނަ ތަންތަން އިމާރާތްކުރާއިރު މިފަދަ ހުރަސްތައް ނައްތާލުމެވެ.
ރާއްޖޭގެ އާބާދީގެ 5-9 މީހުންނަކީ ކޮންމެސް ސަބަބަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުން ނެވެ. އެހެންކަމުން އަހަރެމެންގެ މުޖްތަމަޢަށް މިފަދަ ދިރާސާއެއްގެ ބޭނުން ވަރަށް ވެސް ބޮޑެވެ.
އެޗްއާރްސީއެމްގެ ރިސާރޗް ޓީމުން ކުރި މި ސާރވޭއަށް މަޢުލޫމާތު އެއްކުރުމަށްޓަކައި އެއްވެސް ގޭބިސީއަކަށް ޒިޔާރަތް ކުރެވިފައި އެއް ނުވެއެވެ. އަދި މަޢުލޫމާތު އެއްކުރެވިފައިވަނީ މަގުމަތިންނ ެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ރިސާރޗްޓީމުން ހަރަކާތްްތެރިވެފައިވެ އެވެ.
ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޤައުމަކަށް ވެފައި ގިނަ ދަތުރުތައް ބިނާވެފައިވަނީ ކަނޑު ދަތުރުފަތުރުގެ މައްޗަށެވެ.
ނަމަވެސް ގިނަ ދަތުރުފަތުރުތައް ރޭވިފައި ހުންނަ ގޮތުން ވީލް ޗެއާރ ބޭނުން ކުރާފަރާތްތަކަށް އެ ޚިދުމަތްތައް ހޯދުމަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. ސަބަބަކީ ގިނަ ފެރީ ލޯންޗްތަކުގައިވެސް މިފަދަ މީހުންނަށް އަރާ ފޭބުމުގައި ފަސޭހަ ގޮތެއް އިންތިޒާމު ކުރެވިފައި ނެތުމެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 08/2010 ގައި ބަޔާންކުރެވިފައިވާ ގޮތުން ޙިދުމަތްތައް ހޯދުމާއި ލިބިގަތުމުގައި ނުުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މުޖުތަމަޢުގައި ހިއްސާވާ އެހެން ފަރުދުންނެކޭ އެއްފަދައިން ހަމަހަމަ ފުރުސަތު ތަކެއް ލިބިދޭންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް