ރާއްޖެއިން މިއަދު ކޮވިޑު ޖެހުނު މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ޕޮޒިޓިވް ވީ 122 މީހުން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން 38 މީހުންނާއި އަތޮޅުތަކުން 78 މީހުންނާއި ރިސޯޓްތަކުން 2 މީހުން އަދި ލައިވް ބޯޑުތަކުން 4 މީހުން ނެވެ.
މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 84،484 އެވެ. އަދި 82،676 މީހުން ވަނީ އެ ބަކިން ރަނގަޅުވެފަ އެވެ.
މިބައްޔަށް ރާއްޖެއިން މިވަގުތު ފަރުވާ ހޯދަމުންދަނީ 1،564 މީހުން ނެވެ. މީގެތެރެއިން 16 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވަނީ 4،119 މީހަކު ޓެސްޓުކޮށްފަ އެވެ.
މިބަލީގައި މިހާތަނަށް 231 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް