ނޭހާ ބޮޑުބޮޑުވި އަވާގަ ޖެހުނު ކަމަށް ކަޕިލް ބުނެފި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ބަނޑުބޮޑުވެ ހުއްޓަ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކުރުމުން އޭގެ އަވާގައި ޖެހުނު ކަމަށް ކޮމީޑިއާން ކަޕިލް ޝަރުމާ ބުނެފި އެވެ. މިދިޔަ އަހަރުގެ އޮކް...

27 Sep 2021 | 16:14

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ބަނޑުބޮޑުވެ ހުއްޓަ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކުރުމުން އޭގެ އަވާގައި ޖެހުނު ކަމަށް ކޮމީޑިއާން ކަޕިލް ޝަރުމާ ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 24 ގައި ނޭހާ ކައިވެނި ކުރީ މަޝްހޫރު މިއުޒިޝަން ރޯހަން ޕްރީތް ސިންގްއާ އެވެ. ގިނަ ބަޔަކަށް ޝޮކު ޖެހުނު ކައިވެނި ކުރިތާ ދެ މަސް ނުވަނީސް މިދިޔަ ޑިސެމްބަރު 18 ގައި ނޭހާ ބަނޑުބޮޑުކަން އެނގޭ ފޮޓޯއެއް ލުމުންނެވެ.

އެ ފޮޓޯގައި ދެމަފިރިން ތިބި އިރު ރޯހަން ހުރީ ނޭހާގެ ބަނޑުގައި އަތް އަޅާލައިގެންނެވެ. ފޮޓޯ އާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ދެމީހުންނަށް އަމާޒުވިއިރު ގިނަ މީހުން ބުނި ނޭހާ އާއި ރޯހަން ކައިވެނި ކުރީ ބަނޑުބޮޑުވުމުން ކަމަށެވެ.

މިދިޔަ ހަފްތާގެ ދި ކަޕިލް ޝަރުމާ ޝޯ ގެ މެހެމާނަކީ ނޭހާ އެވެ. އެ ޝޯގައި ވާހަކަ ދައްކަމުން ކަޕިލް ބުނީ އޭނާވެސް ނޭހާ ބަނޑުބޮޑުވި އަވައިގަ ޖެހުނު ކަމަށެވެ.

އަދި ދެމީހުންގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ވީ އުފަލުން އިންސްޓަގްރާމްގައި "ގޯޑް ބްލެސް ޔޫ" ޖައި ކޮމެންޓު ކުރި ކަމަށް ކަޕިލް ބުންޏެވެ. އެވަރުން ނުވެގެން ނޭހާގެ ފޯނަށްވެސް މަރުހަބާ ކިޔައި މެސެޖު ކުރި ކަމަށް އޭނާ ބުންޏެވެ.

ކަޕިލް ބުނީ މެސެޖުގެ ޖަވާބުގައި "ބޭބޭ އެއީ އެއީ ލަވަޔަކަށް" ކަމަށް ނޭހާ ބުނެފައިވާ ކަމަށެވެ.

އެ ފޮޓޯއަކީ އެ ދުވަސްވަރު ރިލީޒްކުރި ދެމަފިރިން ކިޔައި އެކްޓުކޮށްފަިއވާ ލަވައެއްގެ ޕްރޮމޯޝަން ޕޯސްޓަރެކެވެ.

https://www.instagram.com/p/CUSSbeTrijR/

ނޭހާ އާއި ރޯހަން އަކީ ހަގީގީ ދިރިއުޅުމުގައި ވަރަށް ފިލްމީކޮށް އުޅޭ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ. ހާއްސަކޮށް ދެއްކުންތެރިކަމުގެ ގޮތުން ދެމީހުން ކޮށްފަ ނުކުރާނެ ކަމެއް ނުހުންނަ ކަމަށްވެ އެވެ.

ނޭހާ ވަނީ ޕްރޮމޯޝަނަކަށް މިފަދަ ކަމެއް އޭގެ ކުރިންވެސް ކޮށްފައި އެވެ. އޭނާ ފަނޑިޔާރުކަން ކުރާ “އިންޑިއަން އައިޑޮލް” ޕްރޮމޯޓު ކުރުމަށް މިއަހަރު ކުރީކޮޅު އޭނާ ވަނީ އެ ޝޯ ހޮސްޓް ކުރާ އަދިތިޔަ ނަރަޔަން އާއި ކައިވެނި ކުރަން އުޅޭކަން ދައްކައި އަންމުން ވަރަށް ބޮޑަށް ވާ ވައްދާފައި އެވެ. އެ ޝޯ ބަލާ މީހުންނަށް ހަގީގަތް އޮޅޭ ވަރަށް ޕްރޮޑަކްޝަން ޓީމުން އެ ދެމީހުންގެ ކައިވެނި އެ ޝޯ ތެރޭގައި ޕްރޮމޯޓު ކުރި އެވެ.

އެގޮތުން ދެ ފަރާތު އާއިލާ ޝޯއަށް ގެންގޮސްފައިވެ އެވެ. އަދި ދެ އާއިލާ ނޭހާ އާއި އަދިތިޔާގެ ކައިވެންޏަށް ގަބޫލު ކަމަށް ޝޯގައި ލައިވްކޮށް ބުނެފައިވެ އެވެ.

އެކަމަކު ފަހުން ވަނީ އެ ދެމީހުންގެ އެފަދަ އެއްވެސް ގުޅުމެއް ނެތް ކަން ހާމަކޮށް އެެއީ ޕްރޮމޯޝަނަކަށް ކުރި ކަމެއް ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް