ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ފަންނާނުންނަށް އިތުރު ފުރުޞަތުތައް ފަހިވުން މުހިންމު ކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޔުމްނާ މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
އެކަމަނާގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަން ވަށާޖެއްސުމަށް ސަގާފީ ފަތުރުވެރިކަން ކުރިއަރުވައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ފަންނާނުންނަށް އިތުރު ފުރުޞަތުތައް ފަހިވުން މުހިންމު ކަމަށެވެ.
" ރާއްޖެއަކީ މުއްސަނދި ސަގާފަތެއް ލިބިފައިވާ، ހުނަރުވެރި ފަންނާނުންތަކެއް ދިރިއުޅޭ ޤައުމެއް. އެހެންކަމުން ފަތުރުވެރިކަން ވަށާޖެއްސުމަށް ސަގާފީ ފަތުރުވެރިކަން ކުރިއަރުވައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ފަންނާނުންނަށް އިތުރު ފުރުޞަތުތައް ފަހިވުން މުހިންމު." ޔުމްނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފަ އެވެ.
https://twitter.com/yumna_maumoon/status/1442472463787462662?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1442472463787462662%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F64211%2F
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް