މޮބައިލް ނެޓް އަގު ހެޔޮ ކުރަން ދިރާގާއި އުރީދޫއިން ތައްޔާރު ވެއްޖެ

އަންނަ ހުކުރު ދުވަހުން ފެށިގެން މޮބައިލް އިންޓަރނެޓުގެ ޙިދުމަތް އަގުހެޔޮ ވާނެކަމަށް ރާއްޖޭގެ މުވާސަލާތީ ޙިދުމަތް ދޭ ދެކުންފުނި ކަމުގައިވާ ދިރާގާއި އުރޫދޫއިން މިއަދު ބުނެފިއެވެ. މިއީ ސަރުކާރުގެ ނެޓް ހެ...

27 Sep 2021 | 14:50

އަންނަ ހުކުރު ދުވަހުން ފެށިގެން މޮބައިލް އިންޓަރނެޓުގެ ޙިދުމަތް އަގުހެޔޮ ވާނެކަމަށް ރާއްޖޭގެ މުވާސަލާތީ ޙިދުމަތް ދޭ ދެކުންފުނި ކަމުގައިވާ ދިރާގާއި އުރޫދޫއިން މިއަދު ބުނެފިއެވެ.

މިއީ ސަރުކާރުގެ ނެޓް ހެޔޮ ސިޔާސަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރެވިގެންދާ ކަމެކެވެ. މި ސިޔާސަތުގެ ދަށުން ހޯމް ބްރޯޑްބޭންޑުގެ އަގު ވަނީ މިދިޔަ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ހެޔޮކޮށްފަ އެވެ.

ދިރާގުގެ މޮބައިލް ނެޓު ޕެކޭޖުތަކަށް އަަންނާނެ ބަދަލަކީ، ޕްރީޕެއިޑް އިތުރު %20 އިތުރު ޑޭޓާ، ޕޯސްޓް ޕެއިޑް %19-28 އިތުރު ޑޭޓާ އަދި މޮބައިލް ބޮރޯންޑް ބޭންޑް 20% އިތުރު ޑޭޓާ އެވެ.

މިގޮތުން އުރީދޫގެ މޯބައިލް ނެޓު ޕެކޭޖުތަކަށް އަންނާނެ ބަދަލަކީ، ޕްރީ ޕެއިޑް %30-100 އިތުރު ޑޭޓާ، ޕޯސްޓް ޕެއިޑް %20-30 އިތުރު ޑޭޓާ  އަދި މޮބައިލް ބްރޯޑް ބޭންޑް ޕެކޭޖު ތަކަށް އަންނަ ބަދަލު ތަކަކީ %20-5 އިތުރު ޑޭތާ ފޯރު ކޮށްދިނުމެވެ.

އިންޓަނެޓުގެ ޙިދުމަތަކީ އަސާސީ ޙިދުމަތެއް ކަމުގައި މިސަރުކަރުން ދެކެ ލައްވައެެވެ.

ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ރާއްޖެއަކަށް ދިވެހިން ގެންދިޔުން ކަމަށް ތިމާވެއްޓާއި ޓެކްނޮލޮޖީ އާއި ގުޅޭ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް