ދުބާއީގެ ވެރިޔާ ގެދޮރު ޢިމާރަތް ކުރަން ރައްޔިތުންނަށް އެއް މިލިޔަން ޑޮލަރުގެ ލޯނު ދެނީ

ޔޫއޭއީގެ ރަސްގެފާނު އަދި ދުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރަޝީު އަލް މަހްތޫމް ރައްޔިތުންގެ ގެދޮރު އިމާރާތް ކުރުމަށް އެއް މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހ...

27 Sep 2021 | 14:44

ޔޫއޭއީގެ ރަސްގެފާނު އަދި ދުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރަޝީު އަލް މަހްތޫމް ރައްޔިތުންގެ ގެދޮރު އިމާރާތް ކުރުމަށް އެއް މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ދުބާއީގެ ރަސްގެފާނު ޓުވިޓާގައި އާންމު ކުރެއްވި ގޮތުގައި މި ލޯނު ދޫކުރަނީ 65 ބިލިޔަން ދިރްހަމް އެމިރޭޓީ ހައުސިންގް ޕްރޮގްރާމްގެ ދަށުން ނެވެ. އެ ޕްރޮގްރާމްގެ ތެރެއިން ދުބާއީގެ ކޮންމެ ރައްޔިތަކަށްވެސް އެއްމިލިއަން ދިރްހަމް އާއި ހަމައަށް ގެދޮރު އިމާރާތް ކުރުމަށް ޓަކައި ލޯނު ދޫކުރާނެ އެވެ.

އެ ޓުވީޓެއްގައި ވިދާޅުވީ 4000 ހައުސިންގެ ޔުނިޓްގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ. އަދި އެއީ 5.2 ބިލިޔަން ދިރްހަމްގެ ޕްރޮޖެކްޓެކެވެ.

ފެންވަރު ރަނގަޅު ގެދޮރު ދުބާއީގެ ރައްޔިތުންނަށް ފޯރު ކޮށްދިނުމަކީ އެ ސިޓީ ދުނިޔޭގެ އެންމެ ކުރިއަރައިފާވާ  ސިޓީ އަށް ހެދުމަށްޓަކައި ކުރެވިގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް