ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތަސްދީގު ކުރެއްވި، މަސްވެރިކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު ރާއްޖޭގެ ކަނޑުތައް ހިމާޔަތްކޮށް ބެލެެހެއްޓުމުގެ ބާރުވެރިކަން ކުރިއަށްވުރެ މާ ބޮޑަށް ލިބިފައިވާކަމުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާއި ސުވާލު ކުރުން ކުރިއަށްދިޔައިރު، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"މި މަޖިލިސްއިން މަސްވެރިކަމާބެހޭ އާ ގާނޫނު ފާސްކޮށްދިުމުގެ ފަހުން، އަޅުގަނޑުމެންގެ ކަނޑުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ގާނޫނީ ބާރުވރިކަން ކުރިއަށްވުރެ މާ ބޮޑަށް ލިބިއްޖެ" މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މި އަހަރުގެ ފެބްރުއަރީން ފެށިގެން މިހާތަނަށް 10 ފަރާތަކާއިމެދު ފިޔަވަޅު އެޅިފައިވާއިރު އޭގެ ތެރޭގައި ބޭރުގެ ހަތަރު އުޅަނދެއް ހިމެނޭ ކަމަށާއި އެ ހަތަރު އުޅަނދުން ކުރެ ކޮންމެ އުޅަނދެއް ޖޫރިމަނާގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދައްކާފައިވާކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެމީހުން ކޮންމެ އުޅަނދަކުން ހަތަރު ލައްކަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކައިފި" މިނިސްޓަރު ވިދާޅުވިއެވެ.
މި މައުލޫގައި މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ފިޔަވަަޅު އަޅާނެ ކަމަށާއި، ގާނޫނީ ބާރު ކަނޑުތަކުގެ މައްޗަށް އެބަ ހިނގާ ކަމަށެވެ. ކުރިއަށްވުރެ މާ ރަނގަޅަށް ބަލަހައްޓާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް