ޕްރޮގްރެސިވް ކޯލިޝަންގެ ބޮޑު ޖަލްސާ މި މަހު 30 ގައި ބާއްވަން ނިންމައިފި އެވެ.
އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އަދި މާތްވެގެންވާ އިސްލާމްދީންގެ ހިދާޔަތު އޮތުމަށް ތާއީދުކުރާ ސިޔާސީ ހުރިހާ ފަރާތްތަކަށާއި އާންމުންނަށް މި ޖަލްސާއަށް ދައުވަތު އަރުވާ ކަމަށެވެ.
މިއީ ޕީޕީއެމުން އިސްނަގައިގެން ހިންގާ ގައުމީ ހަރަކާތެއް ކަމަށް ވެސް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 8:15 ގައި އަލިމަސް ކާނިވާ ސަރަހައްދުގަ އެވެ. އަދި ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ލޯގޯޯ ތައްގަނޑު ޖެހުމުގެ އިންތިޒާމް ކާނިވާ ސަރަހައްދު ގައި ކުރިއަށްދާނެ އެވެ.
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މި ޝިއާރުގެ ދަށުން ބާއްވަން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެ ޖަލްސާ ވަނީ ފަސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް