މުދާ އުފުލާ ވޭނެއް ކޮންޓްރޯލް ނުވެގެން ގޮސް ރެސްޓޯރެންޓެއްގެ ތެރެއަށް ވަދެއްޖެ

މުދާ އުފުލާ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ރެސްޓޯރެންޓު ފަޅާފަ އެތެރެއަށް ވަދެއްޖެ އެވެ. ފުލުހުން ބުނީ މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު ފަހު 14:00 ގައި ކަމަށެވެ. އަދި މި އެކްސިޑެންޓު ހިނގާފަ...

27 Sep 2021 | 13:02

މުދާ އުފުލާ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ރެސްޓޯރެންޓު ފަޅާފަ އެތެރެއަށް ވަދެއްޖެ އެވެ.

ފުލުހުން ބުނީ މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު ފަހު 14:00 ގައި ކަމަށެވެ. އަދި މި އެކްސިޑެންޓު ހިނގާފައިވަނީ އަލިކިލެގެފާނު މަގުން ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ކަމަށެވެ.

ބިއްލޫރިގަނޑު ތަޅައިގެން ގޮސް އެތިކޮޅު ކޮޅު ބުރައިގެން ދިޔުމުގެ ސަބަބުން އެވަގުތު އެތަނުގައި ތިބި މީހުންނަށް ކުދި އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިކިލެގެފާނު މަގުގައި ހުންނަ މިސްޓަރ ސަބް ރެސްޓޯރެންޓު ބޭރުގައި ބަހައްޓާފައި ހުރި ފުލުހުންގެ ބެރިކޭޑްތައް ފުނޑުފުނޑުވެ، އެތާ ބޭރު މަގުގައި ހަރުކޮށްފައި ހުރި މަގުމަތީ ނިޝާން ބޯޑު ވެސް ވަނީ ކެފޭގެ ތެރެއަށް ވެެއްޓިފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް