ކަރަންޓީންނުވެ ދެވޭ ރަށްތަކުގެ ލިސްޓަށް ފުވައްމުލަކު ސިޓީ އަރައިފި

ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ނިސްބަތަށް ބަލައި ކަރަންޓީން ނުވެ ދަތުރު ކުރެވޭ ރަށްތަކުގެ ލިސްޓަށް ފުވައްމުލަކު ސިޓީ އިތުރުވެއްޖެއެވެ. އެޗްޕީއޭއިން ދަނީ ވެކްސިން ޖަހާ ނިސްބަތަށް އަންނަ ބަދަލާއި...

27 Sep 2021 | 12:54

ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ނިސްބަތަށް ބަލައި ކަރަންޓީން ނުވެ ދަތުރު ކުރެވޭ ރަށްތަކުގެ ލިސްޓަށް ފުވައްމުލަކު ސިޓީ އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ދަނީ ވެކްސިން ޖަހާ ނިސްބަތަށް އަންނަ ބަދަލާއި އެކު ޝަރުތުހަމަވަމުންދާ ރަށްތައް އެ ލިސްޓަށް އިތުރު ކުރަމުންނެވެ. އެންމެ ފަހުން އާންމު ކުރި އެ ލިސްޓުގައި 88 ރަށެއް ހިމެނެ އެވެ.

އެއީ އިތުރު25 ރަށާއި އެކު އެވެ. މި ލިސްޓުގައި މިއަދު ފުވައްމުލަކު ސިޓީ ހިމެނިފައިވާއިރު އެ ސިޓީއަކީ އަތޮޅުތަކުން ކަރަންޓީން ނުވާގޮތަށް ދަތުރު ކުރެވޭނެ ހަމައެކަނި ސިޓީ އެވެ.

ޕީސީއާރަކާ ނުލައި މިހާރު ދަތުރުކުރެވޭ ރަށްތައް:

  • ހއ. އުލިގަމު
  • ހއ. އުތީމު
  • ހއ. ކެލާ
  • ހއ. މުރައިދޫ
  • ހދ. ނެއްލައިދޫ
  • ހދ. ކުމުންދޫ
  • ހދ. ނޮޅިވަރަމްފަރު
  • ހދ. ފިނޭ
  • ހދ. ނައިވާދޫ
  • ނ. މަނަދޫ
  • ނ. މަގޫދޫ
  • ނ. މާޅެންދޫ
  • ނ. ވެލިދޫ
  • ރ. މަޑުއްވަރި
  • ރ. އިންނަމާދޫ
  • ރ. އިނގުރައިދޫ
  • ރ. އަނގޮޅިތީމު
  • ރ. ރަސްމާދޫ
  • ރ. ރަސްގަތީމު
  • ރ. މީދޫ
  • ރ. އަލިފުށި
  • ބ. ފެހެންދޫ
  • ބ. ފުޅަދޫ
  • ބ. ކެންދޫ
  • ބ. ގޮއިދޫ
  • ބ. ދޮންފަނު
  • ބ. ކިހާދޫ
  • ބ. ދަރަވަންދޫ
  • ބ. ހިތާދޫ
  • ބ. ތުޅާދޫ
  • ބ. ކުދަރިކިލު
  • ބ. އޭދަފުށި
  • ބ. މާޅޮސް
  • ބ. ކަމަދޫ
  • ޅ. ނައިފަރު
  • ޅ. އޮޅުވެލިފުށި
  • ޅ. ކުރެންދޫ
  • ޅ. ހިންނަވަރު
  • ކ. ހުރާ
  • ކ. މާފުށި
  • ކ. ހިންމަފުށި
  • ކ. ގުޅި
  • ކ. ގުރައިދޫ
  • ކ. ދިއްފުށި
  • ކ. ގާފަރު
  • އއ. މަތިވެރި
  • އއ. ރަސްދޫ
  • އއ. ތޮއްޑޫ
  • އއ. ފެރިދޫ
  • އއ. އުކުޅަސް
  • އދ. ދަނގެތި
  • އދ. މަހިބަދޫ
  • އދ. ދިގުރަށް
  • ވ. ރަކީދޫ
  • ވ. ފެލިދޫ
  • ވ. ފުލިދޫ
  • ވ. ކެޔޮދޫ
  • ވ. ތިނަދޫ
  • މ. ކޮޅުފުށި
  • މ. މުލައް
  • މ. ދިގުރަށް
  • މ. ނާލާފުށި
  • ފ. މަގޫދޫ
  • ފ. ދަރަނބޫދޫ
  • ފ. ފީއަލި
  • ދ. ބަނޑިދޫ
  • ދ ކުޑަހުވަދޫ
  • ދ. ރިނބިދޫ
  • ދ. މާއެނބޫދޫ
  • ދ. މީދޫ
  • ދ. ހުޅުދެލި
  • ތ. ތިމަރަފުށި
  • ތ. ކިނބިދޫ
  • ތ. ހިރިލަންދޫ
  • ތ. ގުރައިދޫ
  • ލ. ހިތަދޫ
  • ލ. މުންޑޫ
  • ލ. އިސްދޫ-ކަލައިދޫ
  • ލ. މާބައިދޫ
  • ލ. މާމެންދޫ
  • ގއ. ވިލިނގިލި
  • ގއ. ކަނޑުހުޅުދޫ
  • ގއ. ގެމަނަފުށި
  • ގއ. މާމެންދޫ
  • ގއ. ދެއްވަދޫ
  • ގއ. ނިލަންދޫ
  • ގދ. ރަތަފަންދޫ
  • ފުވައްމުލައް ސިޓީ

މިރަށްތައް ފިޔަވާ އެހެން ރަށްތަކަށް ދަތުރު ކުރާއިރު ވެކްސިން ފުރިހަމަ ނުކުރާ މީހުންގެ އަތުގައި72 ގަޑިއިރު ނުވާ ކޯވިޑް ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް